 
                                    ހުޅުމާލޭގައި 80,000 ލީޓަރުގެ ދެ ތެޔޮ ޓޭންކަރު ބަހައްޓަން އެމްޓީސީސީއާއެކު ސޮއިކޮށްފި
ހުޅުމާލޭގައި 80,000 ލީޓަރުގެ ދެ ތެޔޮ ޓޭންކަރު ބަހައްޓަން އެމްޓީސީސީއާއެކު ސްޓެލްކޯ އިން ސޮއިކޮށްފި އެވެ.
ދެ ތެޔޮ ޓޭންކަރު ބަހައްޓަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ގާއިމް ކުރާ ހުޅުމާލެ ޕަވަރހައުސް އެންކްސް 2 ގައެވެ. ސްޓެލްކޯއިން ބުނީ މިއީ ޕީކް ސީޒަނަށް ތައްޔާރުވުމަށާއި, އިތުރުން ގްރޭޓާމާލޭ ޕަވަރ ޖެނެރޭޝަން ބެކަޕްގެ ގޮތުގައި ބަހައްޓާ ދެ ތެޔޮ ޓޭންކަރު ކަމަށެވެ. މީގެ ސަބަބުން ކަރަންޓްގެ ޑިމާންޑް އެންމެ ބޮޑުވާ ވަގުތުގައި ޚިދުމަތް މެދުކެނޑުން ހުއްޓުވާނެއެވެ.
އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއޯއީ އަދި މެނޭޖިންގ ޑިރެކްޓަރ ރިޓަޔަޑް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީ އެވެ.
މާލެ ސަރަހައްދުގައި އާބާދީ އިތުރުވެ, ކަރަންޓް ބޭނުންކުރާ ނިސްބަތް ވަރަށް ބޮޑަށް އިތުރުވަމުންދާތީ ސްޓެލްކޯއިން ވަނީ ހުޅުމާލޭގައިވެސް ވަގުތީ އިންޖީނުގެއެއް އަޅާފައެވެ. އެއީ 13 ޖަނެރޭޓަރާ އެކު, ގްރިޑަށް 17 މެގްވޮޓްގެ ކަރަންޓް ކެޕޭ ސިޓީ އިތުރުކުރެވޭ ކެޕޭ ސިޓީއެވެ.
މާލެ ސަރަހައްދުގައި ސްޓެލްކޯއިން ޚިދުމަތްދެނީ މާލެއާ ހުޅުމާލެއާ ދެމެދު ގުޅާލާފައިވާ ވިއުގައަކުންނެވެ.
ރިއެކްޝަންސް
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                


 
         
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
     
                                
                                                                    





 
                                                                                                                                             
                                                                                                                                             
                                                                                                                                            
