 
                                    ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ. 
ސްޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ޖޭއެސްސީން ހުޅުވާލީ އަންނަ ބުދަދުވަހުގެ 11:00 ނިޔަލަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމް ހުސްވެ އެ މަޤާމަށް  ކުރިމަތިލުމަށް ހުޅުވާލާފައި މިވަނީ އެކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން ޙުސްނުއްސުޢޫދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ މިމަހުގެ 4 ވަނަ ދުވަހު ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވާފައެވެ. ސުއޫދު މަގާމުން އިސްތިއުފާ ދެއްވި އިރު ހުންނެވީ  އޭނާގެ ސުލޫކީ މައްސަލަތަކެއް  ބެލުމަށް ސަސްޕެންޑްކޮށްފަ އެވެ.
ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވެސް ވަނި ޖޭއެސްސީން ސަސްޕެންޑުކޮށްފައެވެ. އަދި މި ދެ ފަނޑިޔާރުންގެ މައްސަލަ މިހާރު ދަނީ ޖޭއެސްސީން ބަލަމުންނެވެ. 
މި ފަނޑިޔާރުން ސަސްޕެންޑްކުރީ، މަޖިލިހުންން ފާސްކޮށްފައިވާ ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ތާވަލުކޮށްފައި ވަނިކޮށް މިދިޔަ މަހު 26 ގައެވެ.
މި ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައި ވަނީ ސްޕްރިމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު 7 ން 5 އަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލިހުން ގާނޫނު އަސާސީއަށް އިސްލާހުގެނެއިތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައެވެ.
ސްޕްރީމް ކޯޓްގެ 7 ފަނޑިޔާރުންގެ ތެރެއިން 3 ފަނޑިޔާރަކު ސަސްޕެންޑުކޮށްފައި ތިބުމުން މިވަގުތު އެކޯޓުގައި ތިއްބެވީ 4 ފަނޑިޔާރުންނެވެ. އެހެންކަމުން މިހާރު އެކޯޓްގައި ދުސްތޫރީ އެއްވެސް މައްސަލައެއް ބެލުމުގެ ގާނޫނީ ބާރު ލިބިގެނެއް ނުވެއެވެ. 
ރިއެކްޝަންސް
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                


 
         
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
     
                                
                                                                    





 
                                                                                                                                             
                                                                                                                                             
                                                                                                                                            
