ރަސްމީ ދަތުރުފުޅެއްގައި ނައިބުރައީސް ސްޕެއިންއަށް ފުރާވަޑާއިގެންފި
ނައިބުރައީސް ހުސައިން މުޙައްމަދު ލަތީފް. ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރަސްމީ ދަތުރުފުޅެއްގައި ނައިބުރައީސް ސްޕެއިންއަށް ފުރާވަޑާއިގެންފި

10 months ago - 12:14
Jun 27, 2025 - 12:15
Advertisement
Advertisement

ފޯރތް އިންޓަނޭޝަނަލް ކޮންފަރެންސް އޮން ފައިނޭންސިން ފޮރ ޑިވެލޮޕްމަންޓް (އެފްއެފްޑީ4) ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ސްޕެއިންއަށް ފުރާވަޑައިގެންފިއެވެ. 

މިމަހު 30 ން ޖުލައި މަހުގެ 3 ށް އޮންނަ މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ނައިބުރައީސް ފުރާވަޑާއިގަތީ މިއަދު ހެނދުނުގެ ވަގުތެއްގަވެ.

ދަތުރުފުޅުގައި ކޮންފަރެންސް ހުޅުވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ އަދި ކޮންފަރެންސްގެ ބައެއް އެހެން ބައިތަކުގައި ނައިބުރައީސް ތަޤުރީރުކުރައްވާގޮތަށް ހަމަޖެހިފާއިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާހެ އޮފީހުން ވަނީ މައުލޫމާތު ދެއްވާފައެވެ. 

އެފްއެފްޑީ4 އަކީ ޤައުމުތަކުގެ ސަރުކާރުތަކާއި, ބައިނަލްއަޤުވާމީ އަދި ސަރަހައްދީ ޖަމާއާތްތަކާއި ވިޔަފާރިތައް އަދި މާލީ އިދާރާ ތަކާއި އދ ގެ ނިޒާމްތަކުގެ އިތުރުން މަދަނީ ޖަމްއިއްޔާތައް އެއްތަނަކަށް ގެނެސް މާލީ ހިންގުން ހަރުދަނާކުރުމަށް މަޝްވާރާ ކުރެވޭ މަތީ ފެންވަރުގެ ކޮންފަރެންސްއެކެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement