ފާއިތުވި 24 ގަޑިއިރުގެތެރޭގައި އިޒްރާއިލްއިން ޣައްޒާގައި 70 އަށްވުރެގިނަ  ޤަތުލް
އިޒްރާއިލްގެ ހަމަލާއެއްގައި ޝަހީދުވެފައިވާ ޣައްޒާގެ ރައްޔިތުން. ފޮޓޯ: އަލީ ޖާދުالله, ޣައްޒާ

ފާއިތުވި 24 ގަޑިއިރުގެތެރޭގައި އިޒްރާއިލްއިން ޣައްޒާގައި 70 އަށްވުރެގިނަ ޤަތުލް

އެހީލިބިގަތުމަށް ގޮސްތިބި 549 ފަލަޞްޠީނުގެ ރައްޔިތަކު ވަނީ ފާއިތުވެ ދިޔަ މަހު އެކަނިވެސް ޝަހީދުކޮށްލާފައި

6 hours ago - 11:46
Jun 27, 2025 - 12:16

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އިޒްރާއިލްއިން ޣައްޒާގައި 72 މީހަކު ޤަތުލްކޮށްފައިވާކަމަށް ޣައްޒާގެ ސިއްހީ މަސްދަރުތަކާ ހަވާލާދީ އަލްޖަޒީރާއިން ބުނެފިއެވެ. ޣައްޒާގެ ސަރުކާރު މީޑިއާއިން ވަނީ އެހީ ލިބިގަތުމަށް ގޮސްތިބި 549 މީހަކު ފާއިތުވެ ދިޔަ މަހުގެ ތެރޭގައި އިޒްރާއިލްއިން ޝަހީދުކޮށްލާފައިވާ ކަމަށް ބުނެފައެވެ.

އިޒްރާއިލް އާއި އެމެރިކާ ގުޅިގެން އުފައްދާފަައިވާ ޣައްޒާ ހިއުމެނިޓޭރިއަަން ފައުންޑޭޝަން (ޖީއެޗް އެފް) އިން ޣައްޒާގައި އެހީ ބެހުމުގެ ނަމުގައި ސަރަހައްދުތަކެއް ކަނޑައަޅާ އެތަންތަނަށް އެހީލިބިގަތުމަށް އެއްވާ އާންމުންނަށް ހަމަލާދީ މަރަމުން އަަންނަތާ މިއީ ފަސްވަނަ ހަފްތާއެވެ.

ޖީއެޗްއެފް އަކީ އިޒްރާއިލްއިން ޣައްޒާ އިންސާ އެހީއަށް ބަންދުކޮށްފައި އޮތްތާ ތިން މަސް ފަހުން ދުނިޔޭގެ ފާޑުކިޔުންތަކުން ރެކުމަށް އުފެއްދި ޖަމާއަތެކެވެ.

އެހީ ބެހުމުގެ ނަމުގައި މަދު އަދަދެއްގެ ގޮދަންފުށާއި, ދަޅުކާނާ ބެހުމަށް ހަތަރު ޕޮއިންޓަކަށް މުޅި ޣައްޒާގެ ރައްޔިތުން އެއްކޮށް އެމީހުންގެ އިންސާނީ ކަރާމާތް ނަގާލުމުގެ ހަޑިހުތުރު އަމަލު އިޒްރާއިލްއިން ދަނީ ހިންގަމުންނެވެ. އަދި ކޮންމެ ދުވަހަކުވެސް އެތަންތާގައި ހައިހޫނުކަމުގެ އިންތިހާގައި ތިބޭ ޣައްޒާގެރައްޔިތުން އެއްވެސް ރަހުމެއްނެތި އިޒްރާއިލްއިން ދަނީ މަރަމުންނެވެ. 

Advertisement
Advertisement

ހަމަލާތަކުގައި މިހާތަނަށް 4000 ށްވުގެ ޣައްޒާގެ ރައްޔިތުން ޒަހަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ. 

މިއަދު ހެނދުނުވެސް އިޒްރާއިލްގެ ހަމަލާތަކުގައި މެދުތެރޭ ޙާން ޔޫނިސްއިން ގިނަ ބަޔަކު ވަނީ ޝަހީދުވެފައެވެ. 21 ވަނަ މަނަށް ދެމިގެންދާ ޣައްޒާ ޤަތުލްއާންމުގައި މިހާތަނަށް އިޒްރާއިލްއިން މަރާލީ ފަލަޞްޠީނުގެ ރައްޔިތުންގެ އަދަދު މިހާރުވަނީ 56,000 ފަހަނައަޅާ ގޮސްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow