ހާހެއްހާ މީހުންގެ މަރަށްފަހު ސިރިއާ އިތުރު އަހުލީ ހަނގުރާމައަކަށް ދިޔަނުދޭނެ ކަމަށް އިންތިޤާލީ ރައީސް ވިދާޅުވެއްޖެ
ސިރިއާގެ މަގެއްގެ މަތިން އާންމުންގެ މީހަކު ހިގާފައި ދާއިރު ސަލާމަތީ ބަރުތަކުން އެއްފަރާތުގައި. ފޮޓޯ:ފައިނޭންޝިއަލް ޓައިމްސް

ހާހެއްހާ މީހުންގެ މަރަށްފަހު ސިރިއާ އިތުރު އަހުލީ ހަނގުރާމައަކަށް ދިޔަނުދޭނެ ކަމަށް އިންތިޤާލީ ރައީސް ވިދާޅުވެއްޖެ

ސީރިއާގެ އިންތިޤާލީ ރައީސް ވަނީ ހަމަލާތަކުގެ ތަޙްޤީގް ފަށާފައި

3 hours ago - 13:28
Mar 10, 2025 - 13:33

ސީރިއާ އިތުރު އަހުލީ ހަނގުރާމައަކަށް ގޮސް ރައްޔިތުންގެ ލޭ އޮހޮރުވުމަށް ޖާގަ ނުދެއްވާނެ ކަމަށް ސިރިއާގެ އިންތިޤާލީ ރައީސް އަޙްމަދު އަލް-ޝަރާ ވިދާޅުވެއްޖެއެވެ. ދެ ދުވަސްވަންދެން ސިރިއާގެ ސަލާމަތީ ބާރުތަކާ ވެރިކަމުން ދުރުކޮށްފައިވާ ބައްޝާރުލް އަސަދުގެ ވަފާތެރިންނާ ދެމެދު ހިނގި ކުރިމަތި ލުމުގައި 1,000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ހާދިސާއަށްފަހު އަލް-ޝަރާ ވަނީ ހާދިސާގައި އާންމުން މެރި މީހުން ޒިންމާދާރުކުރުވުމަށް ތަޙްޤީގެއް ހިންގަން އަންގާފައިވާނެކަމަށް ވިދާޅުވެފައެވެ.
"އެ ހާދިސާ ތަޙްޤީގް ކުރުމަށް މިނިވަން ފެކްޓް ފައިންޑިން ކޮމިޓީއެއް މިހާރުވަނީ އެކުލަވާލެވިފައި" 14 އަހަރުގެ ތެރޭގައި ސީރިއާގައި ހިނގި އެންމެ އަނިޔާވެރި ހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުން އިތުރު އަހުލީ ހަނގުރާމައަކަށް ދިއުމަށް ޖާގަ ނުދެއްވާނެކަމަށް ވިދާޅުވެ އާދިއްތަ ދުވަހު ޤައުމާ މުހާތަބުކޮށް ދިން ހިތާބުގައި އަލް-ޝަރާ ވިދާޅުވެފައި ވެއެވެ.

އައްސޭރިފަށުގެ ލަޓާކިއާ އަދި ޓާޓޮސް ސިޓީގައި ބުރާސްފަތި ދުވަހުން ފެށިގެން ހިނގި ހަމަނުޖެހުންތަކުގައި އާންމުގެ 745 މީހަކު މަރުވެފައިވާ ކަމުގައި އިނގިރާސިވިލާތުގައި ހުންނަ ސީރިއަން އޮބްޒްވޭޓްރީ ފޮރ ހިއުމަން ރައިޓްސްއިން ބުނެފައިވެއެވެ. މީހުން މަރާފައިވަނީ ކައިރިން ބަޑި ޖަހައިގެން ކަމަށާއި, ސަލާމަތީ ބާރުތަކުގެ 125 މެމްބަރުންނާއި ހަނގުރާމަނެރިންގެ 148 މީހަކުވެސް މަރުވެފައިވާކަމަށް އެޖަމާއަތުގެ ރިޕޯޓްގައި ވެއެވެ. އަދި އެ ދެ ސިޓީގެ ބޮޑު ސަރަޙައްދަކުން ފެނާއި ކަރަންޓްގެ ޙިދުމަތްވެސް ކަނޑާލާފައިވާކަމުގައި ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

ޤައުމާ މުޙާތަބު ކުރައްވާ އަލް-ޝަރާ ވަނީ އަސަދުގެ ސަރުކާރުގެ ވަފާތެރިން ވަގުތުން ވަގުތަށް އަމާންދިނުމަށްވެސް ގޮވާލަފައެވެ. އަދި ލޭއޮހޮރުވުމުގައި އެއްވެސް ދައުރެއް އަދާކުރި ހަމަ ކޮންމެ މީހަކުވެސް އެމީހެއްގެ އަމަލަށް ޒިންމާދާރުކުރުވާނެ ކަމަށް ވަނީ ވައުދުވެފައެވެ.

Advertisement
Advertisement

ކޮމިޓީއިން ހަމަނުޖެހުން ހިނގާދިޔަގޮތް ތަޙްޤީގް ކުރުމަށްފަހު 30 ދުވަހުގެ ތެރޭގައި ރައީސަށް ކަމާގުޅޭ ރިޕޯޓެއް އަރުވަންޖެހޭނެއެވެ.

އަލްޖަރީރާގެ ރިޕޯޓްތައް ބުނާގޮތުން ލަޓްކިއާގައި ހަމަނުޖެހުންތައް ބޮޑަށް ހިނގާފައިވަނީ ޤަރްދާހާ އަވަޑުގައެވެ. ޤަރްދާހާއަކީ އަލް އަސަދްގެ ސަރުކާރުގެ ވެރިކަން އުފަންވި އެމީހުންގެ އެންމެ މުހިއްމު ސަރަޙައްދެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow