ޣައްޒާ ހިފަން ނަތަންޔާހޫ ނިންމައިފި: ރިޕޯޓް
ނަތަންޔާހޫ ނިއު މިޑްލްއީސްޓް ގެ މެޕެއް ދައްކަނީ. މުޅި މެދުއިރުމައްޗަށް އަތްގަދަކުރުމުގެ ޕްލޭނެއް

ޣައްޒާ ހިފަން ނަތަންޔާހޫ ނިންމައިފި: ރިޕޯޓް

އިޒްރާއިލްގެ ހަނގުރާމަ އާ ބެހޭ މަޖިލީހުން މިއަދު ނިންމުން ފާސްކުރާނެ

4 hours ago - 11:26
Aug 5, 2025 - 11:27

ޣައްޒާ ހިސާރުކޮށް މުޅި ޣައްޒާ ހިފުމުގެ ޕްލޭނެއް އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއުލާންކުރާނެ ކަމަށް އިޒްރާއިލްގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ. ނަތަންޔާހޫގެ ޕްލޭން އިއުލާން ކުރުމާއެކު އެއްގަމު މަގުން އަސްކަރިއްޔާއިން ބޮޑެތި އޮޕަރޭޝަންތައް ފަށަން ތައްޔާރު ވެފައިވާކަމަށް އައި24ނިއުސް, ޖެރޫސެލަމް ޕޯސްޓް އަދި ޗެނަލް 12 އިންވެސް އިއްޔެ ވަނީ ރިޕޯޓްކޮށްފައެވެ. 

"ނިންމުން މިހާރު ވަނީ ނިންމާފައި. އަހަރެމެން މިިގޮތަށް އަމަލުނުކޮށްފިނަމަ ހަމާސްގެ އަތްދަށުގައިތިބި އަހަރެމެންގެ ރަހީނުން ބަނޑަށް މަރުވެދާނެ" ނަންހާމަކުރަން ނޭދޭ އިޒްރާއިލްގެ އޮފިޝަލަކު ބުނެފައިވާކަމަށް ޗެނަލް 12ގެ ޗީޕް ޕޮލިޓިކަލް އެނަލިސްޓް އަމިތް ސާގާ ބުނެފައި ވެއެވެ.

އިޒްރާއިލްއިން ޣާއްޒާގެ މުޅި ބިން ފޭރިގަންނަން ނިންމާފައިވާއިރު އޭގެތެރޭގައި ހަމާސްގެ ކޮންޓްރޯލް ހިނެމޭ ސަރަހައްދުތައްވެސް ހިމެނެއެވެ.

ފަލަޞްޠީނުގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އިންވަނީ މި ރިޕޯޓްތަކާ ގުޅިގެން ބައިނަލްއަޤުވާމީ ދުނިޔެއިން އެކަމާ ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް އެދިފައެވެ. 

Advertisement
Advertisement

ނަތަންހާޔޫގެ އޮފީހުން މިކަމާ ގުޅިގެން ރަސްމީކޮށް އަދި ވާހަކަދައްކާފައެއް ނުވެއެވެ. ނަމަވެސް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ހަނގުރާމަ އާގުޅޭ ވަޒީރުންގެ މަޖިލިސްގެ ބައްދަލުވުމުގައި މި ނިންމުން ފާސްކުރާނެކަމަށް ރިޕޯޓްތަކާ ހަވާލާދީ އަލްޖަޒީރާގައި ބުނެފައި ވެއެވެ. ވަކިން ހާއްސަކޮށް ދެ އަހަރުވާންދާން ޣާއްޒާ ހަނގުރާމައިގައި ދެން ކުރިއަށްދާނެ ގޮތަކާ މެދު މުހިންމު ނިންމުތަކެއް ނިންމާނެކަމަށް ވެސް ރިޕޯޓްތައް ވަނީ ބުނެފައެވެ.

ނަތަންޔާހޫއަށް ޣައްޒާއަށް އެކަށީގެންވާވަރަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަންނަނީ ބޮޑެތި ފިއްތުންތައް ކުރިމަތިވަމުންނެވެ. ޣައްޒާ ބަނޑަށް ޖައްސާފައި އޮތް އޮތުމުގެ ސަބަަބުން ހައިހޫނު ކަމުގައި ޣައްޒާއިން 175 މީހަކު ނިޔާވެފައިވާއިރު އޭގެ ތެރޭގައި 93 ކުޑަކުދިން ހިމެނެއެވެ. 

ޣައްޒާގެ ސިއްހީ މަސްދަރުތަކާ ހަވާލާދީ އަލްޖަޒީރާއިން ބުނި ގޮތުގައި އިއްޔެ އެކަނިވެސް އިޒްރާއިލްގެ ހަމަލާތަކުގައި ޣައްޒާއިން 74 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި އެހީ ލިބުގަތުމަށް ގޮސްތިބި 36 މީހަކުވެސް ހިމެނެއެވެ. ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި އެހީލިބިގަތުމަށް ގޮސްތިބި މީހުންނަށް އަމާޒުކޮށް އިޒްރާއިލްއިން ދިން ހަމަލާތަކުގައި 1000އަށްވުރެ ގިނަ މީހުން ވަނީ ދުނިިޔެ ދޫކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow