ދުވަހަކުވެސް 'ހަނޑޫ ގަންނަން ނުޖެހޭ' ކަމަށް ބުނުމާ ގުޅިގެން ޖަޕާނުގެ ދަނޑުވެރިކަމާބެހޭ ވަޒީރު އިސްތިއުފާ ދޭންޖެހިއްޖެ
އިސްތިއުފާދެއްވި ޖަޕާނުގެ ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު ޓަކޫ އޭޓޯ ނޫސްވެރިންނާ ވާހަކަދައްކަނީ. ފޮޓޯ:ދި ގާޑިއަން

ދުވަހަކުވެސް 'ހަނޑޫ ގަންނަން ނުޖެހޭ' ކަމަށް ބުނުމާ ގުޅިގެން ޖަޕާނުގެ ދަނޑުވެރިކަމާބެހޭ ވަޒީރު އިސްތިއުފާ ދޭންޖެހިއްޖެ

7 hours ago - 11:14
May 21, 2025 - 11:20

'ދުވަހަކުވެސް ހަނޑޫ ގަންނަން ނުޖެހޭ' ކަމަށް ބުނި ޖަޕާނުގެ ދަނޑުވެރިކަމާބެހޭ ވަޒީރަށް ސިޔާސީ ގޮތުން ކުރިމަތިވި ފިއްތުންތަކާ ގުޅިގެން ބުދަ ދުވަހު އިސްތިއުފާ ދެއްވައިފިއެވެ.  ވަޒީރު އެހެން ވިދާޅުވީ އޭނާއަށް އަބަދުވެސް ހަނޑޫ ލިބެނީ  ސަޕޯޓަރުންގެ ފަރާތުން ހަދިޔާގެ ގޮތުގައި ކަމުގައި ވާތީއެވެ.

ވަޒީރު އިސްތިއުފާ ދެއްވާފައި ވަނީ ކެއުމުގައި މައިގަނޑު ގޮޮތެއްގައި ހަނޑޫ ބޭނުންކުރާ ޖަޕާނުގައި ގޮވާމުގެ ބާވަތްވަތްތަކުގެ އަގު އިންތިހާއަށް އުފުލުފައި އޮންނަތާ ގިނަ ދުވަސްތަކެއްވެ, އާންމުން ދަތިދުވަސްތަކެެއް ހޭދަކުރަމުންދާ ދަނޑިވަޅެއްގައެވެ.  

ވަޒީރު ޓަކޫ އޭޓޯގެ ކޮމެންޓްތައް ޖަޕާނުގެ އާންމުންގެ ގިނަ ބަޔަކަށް ބަލައިގަންނަން އުނދަގޫވީ އިޤްތިޞާދީގޮތުން މިފަދަ ދަތި ދަނޑިވަޅެއްގައި އާންމުންގެ ހާލަތު އެނގިވަޑައި ނުގަންނަވާނެ ކަމަށްބުނެއެވެ. 

ޖަޕާނުގެ ހާލަތު ރަނގަޅު ނުވާނަމަ ޖުލައި މަހު އާންމު އިންތިހާބު އޮންނަ އެގައުމުގެ ބޮޑުވަޒީރު ޝިގޭރޫ އިޝީބާއަށް އިންތިހާބު ކާމިޔާބުކުރަން އުނދަގުވާނެކަމަށް ގިިނަ ފަރާތްތަކުން ދެކެއެވެ. އިޝީބާ މިހާރުވެސް އަންނަނީ މަނޯރިޓީ ސަރުކާރަކާއެކު ސިޔާސީގޮތުން އުނދަގޫ ދުވަސްތަކެއް ގުނަމުންނެވެ.

Advertisement
Advertisement

"ގޮވާމުގެ އަގުތައް އުފުލި ރައްޔިތުން އެހާ ދަތި ހާލުގައި ތިއްބާ އަހަރެން ބުނީ އެއްގޮތަކަށްވެސް ބުނެގެން ނުވާނެ އެއްޗެއް. ސަޕްލައި އިތުރުކޮށް, އަގުތައް ތިރިކުރަން މަސައްކަތް ކުރަންޖެހޭ މީހާގެ ހައިސިއްޔަތުން އަހަރެން ބުނި ވަރަށް ޒިންމާދާރުކަން ކުޑަ އެއްޗެއް އެއީ" އިސްތިއުފާގެ ސިޓީ ހުށަހެޅުއްވުމަށްފަހު ރިިިޕޯޓަރުންނާ ވާހަކަދައްކަމުން ވަޒީރު އޭޓޯ ބުނެފައިވާކަމަށް އެސޮސިއޭޓަޑް ޕްރެސްގައި ބުނެފައިވެއެވެ. އެޓޯ އާ ހަވާދީ އޭޕީން ބުނީ ބޮޑުވަޒީރު އިޝީބާ މިހާރު ވަނީ އޭޓޯގެ އިސްތިއުފާ ގަބޫލުކުރައްވާފައި ކަމުގައެވެ. 

ޖަޕާނުގެ އިމަޖެންސީ ސްޓޮކުން ދާދި ފަހުންވެސް ވަނީ ރައްޔިތުންނަށް އެތައް ޓަނެއްގެ ހަނޑޫ ފޯރުކޮށްދީފައެވެ. ނަމަވެސް ސަޕްލައި އަށް ދިމާވެފައިވާ ހުސްކަން އަދިވެސް ކުޑަ ނުވާކަމުގައި މިނިސްޓްރީގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ. ބައެއް ވިޔަފާރިތަކުން މިހާރުދަނީ އިމްޕޯޓްކޯށްގެން އަގުހެޔޮ ހަނޑޫ ވިިއްކަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow