މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް އެކުލަވާލެވޭ މާލީ ވަޞީލަތްތައް އިޞްލާޙުކުރުމަށް ރާއްޖެއިން ގޮވާލައިފި
އެޗް.އައި.އެފްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަދައްކަވަނީ: ފޮޓޯ-ރައީސް އޮފީސް

މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް އެކުލަވާލެވޭ މާލީ ވަޞީލަތްތައް އިޞްލާޙުކުރުމަށް ރާއްޖެއިން ގޮވާލައިފި

7 hours ago - 10:53
May 21, 2025 - 10:54
Advertisement
Advertisement

ނޫއިޤްތިޞާދުގެ އަސާސްތައް ނަގަހައްޓާ، މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް އެކުލަވާލެވޭ މާލީ ވަޞީލަތްތައް އިޞްލާޙުކުރުމަށް ރާއްޖެއިން ގޮވާލައިފިއެވެ. މިކަމަށް ގޮވާލެއްވީ ޕެސިފިކް ފޯރަމުން ކުރިއަށް ގެންދިޔަ ހޮނުލުލޫ އިންޓަނޭޝަނަލް ފޯރަމް (އެޗް.އައި.އެފް) ގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ކަނޑުގެ ނަސްލުތައް ދެމެހެއްޓުމާއި މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް އެކުލަވާލެވޭ މާލީ ވަޞީލަތްތައް އިޞްލާޙްކުރުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމަށެވެ.   ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި އިންޑޯ-ޕެސިފިކް ސަރަޙައްދުގައި، ޕެސިފިކް ފޯރަމުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ  ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑުގެ ދިރުމަށް ބަރޯސާވެފައިވާ ޤައުމަކަށްވުމުން، ގައު ހުދުވުން، ކަނޑުގެ ލޮނުގަނޑު އުފުލުން، އަދި ކަނޑުގެ އޮޔަށް ބަދަލު އައުން ފަދަ ކަންކަމުގެ ސަބަބުން ރާއްޖެއަށް އަގު ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ވަމުންދާކަމަށެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ކުދި، ތަރައްޤީވަމުން އަންނަ ޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެެވެ.

 ނޫއިޤްތިޞާދެއް ކުރިއަރުވައި، މަސްވެރިކަމާއި، ކަނޑުގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމާއި، ކަނޑުގެ ސަރަޙައްދުތައް މެނޭޖްކުރުމަކީ ރާއްޖެއިން އަބަދުވެސް އެކަމަކަށް ވަކާލާތުކުރަމުންދާނޭ ކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް، މިފަދަ މަޝްރޫޢުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ބައިނަލްއަޤްވާމީ މާލީ އެހީތެރިކަން ބޭނުންވާ މަޝްރޫޢުތަކެއްކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ޖީ.ޑީ.ޕީ. އަށް ބަރޯސާވެގެން އެކަށައަޅާ މާލީ އެހީތެރިކަމުގެ ވަޞީލަތްތައް މުރާޖަޢާކުރުމަށް ގޮވާލައްވާފައެވެ. އަދި، ތަރައްޤީވަމުން އަންނަ، ކުދި ޖަޒީރާ ޤައުމުތަކުގެ ނާޒުކު ޙާލަތު ވަޒަންކޮށް، އެ ޙާލަތްތަކުގެ މައްޗަށް އެކުލަވާލެވޭ އޮނިގަނޑަކަށް މާލީ ވަޞީލަތްތައް ބަދަލުކުރުމަށްވެސް ގޮވާލެއްވިއެވެ. އަދި، ކޮންސެޝެނަލް އިންސްޓްރޫމަންޓާއި ދަރަނި ލުއިކޮށްދޭ ވަޞީލަތްތަަކަށް އަމާޒު ބަދަލުކުރުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

Advertisement
Advertisement

ހޮނުލުލޫ އިންޓަނޭޝަނަލް ފޯރަމަކީ މަހަކު އެއް ފަހަރު ބާއްވާ ފޯރަމެކެވެ. އިންޑޯ-ޕެސިފިކް ސަރަޙައްދުގެ ސިޔާސީ، އިޤްތިޞާދީ އަދި ސަލާމަތީ މައްސަލަތަކަށް ޙައްލު ހޯދުމަށް ބާއްވާ މި ފޯރަމްގައި ދާއިރާތަކުގެ ތަޖުރިބާކާރުންނާއި ސިޔާސަތު އެކުލަވާލާ ފަރާތްތައް ބައިވެރިވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement