
އދ.ގެ އޮނިގަނޑު ބަދަލުކުރަން ޖެހޭ- ޚަލީލް
އދ.ގެ އޮނިގަނޑު ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެ, އޮނިގަނޑު ބަދަލުކުރުމަށް ރާއްޖޭގެ ފޮރިންގ މިނިސްޓަރ ޑރ.ޢަބްދުالله ޚަލީލް ގޮވާލައްވައިފިއެވެ. ވަޒީރު މިކަމަށް ގޮވާލެއްވީ އދ.ގެ ޢާއްމު މަޖިލިހުގެ ޢާއްމު ބަހުސްގައި އިއްވެވި ބަޔާނުގައެވެ.
ވަޒީރު ފާހަގަކުރެއްވީ މިހާރު އދ.ގެ އޮނިގަނޑު އޮތްގޮތުން ބާރުގަދަ ގައުމުތަކަށް ވީޓޯ ކުރުމުގެ ބާރު އޮންނާތީ ފަލަސްތީނުގައި ދެމުންދާ ހަމަލާތައް ނުހުއްޓިވި ވާކަމެވެ. ބައިނަލްއަޤްވާމީ ޤާނޫނު ހަމަހަމަކަމާއެކު ހުރިހާ ގައުމުތަކުގެ މައްޗަށް ތަންފީޒު ނުކުރެވޭކަން މިނިސްޓަރ ޚަލީލް ފާހަގަކުރެއްވިއެވެ.
އެހެންކަމުން ވަޒީރު ގޮވާލެއްވީ ބާރުގަދަ ގައުމުތަކަށް އޮންނަ ވީޓޯ ކުރުމުގެ ބާރު އުވާލުމަށެވެ.
ވަޒީރު ޚަލީލް ވަނީ އދ.ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާ ބައްދަލުކުރައްވާފައެވެ. އަދި ހަވާސާގެ ތެރެއިން އެހެން ބައެއް ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާވެސް ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ.
ރިއެކްޝަންސް






