އަންނަ އަހަރު ބޯންމެރޯ ހަދާ ކުދިން ސްކްރީން ކުރަން ފަށައިފި
ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް. ފޮޓޯ ރައީސް އޮފީސް

އަންނަ އަހަރު ބޯންމެރޯ ހަދާ ކުދިން ސްކްރީން ކުރަން ފަށައިފި

އަންނަ އަހަރު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފޮނުވާ ކުދިން ސްކްރީން ކުރަން ފަށާފައިވާކަމަށް ސިއްޙަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ

3 days ago - 08:59
Advertisement

އަންނަ އަހަރު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފޮނުވާ ކުދިން ސްކްރީން ކުރަން ފަށާފައިވާކަމަށް ސިއްޙަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ތެލެސީމިއާ މާސްޓަރ ޕްލޭން އިފްތިތާހްކުރުމުގެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ނާޒިމް ވިދާޅުވީ ތެލެސީމިއާގެ ހާލަތު ރަނގަޅު ކުރުމަށް ވޭތުވެދިޔަ 10 މަސް ތެރޭގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށެވެ.

ނާޒިމް ވިދާޅުވީ ތެލެސީމިއާ ކުދިން ސްކްރީން ކުރުމާއި ސްކޫލް ކުދިން ބައްޔަށް ހޭލުންތެރިކުރުވުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދިޔަ ކަމަށް ވިދާޅުވިއެވެ. އަދި 4 ތަނެއްގައި ބްލަޑް ބޭންކް ޤާއިމުކޮށްފައިވާކަމުގައެވެ.

އަދި މެދުކެނޑިފައިއޮތް ބޯންމެރޯ ޓްރާންސްޕްލާންޓުކުރުމުގެ ފުރުޞަތު މިއަހަރު އަލުން ފަށައި މިހާތަނަށް 14 ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ފޮނުވިކަންވެސް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

Advertisement

ސަރުކާރުން ޢަމާޒުހިފާފައިވަނީ ކޮންމެ އަހަރަކުވެސް ވަކި ޢަދަދަކަށް ކުދިން ބޯންމެރޯ ހަދަން ފޮނުވުމަށެވެ.

ބޯންމެރޯ ހެދުމަށް ޝަރުތު ހަމަވާ 40 ކުދިން މިވަގުތުވެސް ލިސްޓްކުރެވިފައިވާ ކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.

އެ ކުދިންނަކީ އާއިލާގެ ތެރެއިން، ބޯންމެރޯ ޑޯނަރެއް ލިބިފައިވާ ކުދިންނެވެ.

މިފަދަ ފަރުވާތަށް ރާއްޖޭގައި ތިބެގެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، ރައީސްގެ ވައުދުފުޅާއެއްގޮތަށް ހުޅުމާލޭގައި ތަރައްޤީކުރާ ތެލެސީމިއާ ހޮސްޕިޓަލުގައި ބޯންމެރޯ ހެދޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ތެލަސީމިއާ ބަލިމީހުންގެ ގޮތުގައި 943 މީހަކު ދަފްތަރުކޮށްފައިވެއެވެ. އޭގެތެރެއިން މިވަގުތު ދުނިޔޭގައި ތިބީ 655 ތެލަސީމިއާ މީހުންނާއި ކުދިންނެވެ. ތެލަސީމިއާ ބަލިމީހުންނަކީ އެމީހުންގެ ހަށިގަނޑުގައި ދަގަނޑުގެ ބައި ދަށްކުރުމަށް ދާއިމަށް، ފަރުވާ ހޯދަންޖެހޭ ބައެކެވެ. ތެލަސީމިއާ ބައްޔަށް އޮތް ދާއިމީ ފަރުވާއަކީ، ބޯންމެރޯ ހެދުމެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement