މާލެ ސަރަހައްދުގެ ފެނާއި ނަރުދަމާ ނިޒާމް އިތުރަށް ހަރުދަނާ ކުރަނީ

މާލެ ސަރަހައްދުގެ ފެނާއި ނަރުދަމާ ނިޒާމް އިތުރަށް ހަރުދަނާ ކުރަނީ

ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ މާލެ ސަރަހައްދުގެ އާބާދީ އިތުރުވަމުން ދާއިރު، ފެނާއި ނަރުދަމާގެ ޚިދުމަތް ފުޅާކުރުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމުގަ

3 days ago - 09:16
Advertisement

މާލެ ސަރަހައްދުގެ ފެނާއި ނަރުދަމާގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށްޓަކައި ތިމާވެއްޓާބެހޭ ވުޒާރާއާއި މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ އެމް.ޑަބްލިއު.އެސް.ސީ، އާއެކު މުހިންމު މަޝްވަރާއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއިބެހޭ ވަޒީރު ޠާރިޤް އިބްރާހީމް އާއި މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) ގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޢަބްދުލްމަތީންއެވެ.

ތިމަވެއްޓާބެހޭ ވުޒާރާއިން ވިދޅާވީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މާލެ ސަރަހައްދުގެ ފެނާއި ނަރުދަމާގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުންނެވެ.

އަދި މީގެ އިތުރުން މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި ކުރިއަށް އޮތް ތަނުގައި ރޭވިފައިވާ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނު ކަމަށް އެވުޒާރާއިން ވިދަޅުވިއެވެ.

Advertisement

މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއިބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ މާލެ ސަރަހައްދުގެ އާބާދީ އިތުރުވަމުން ދާއިރު، ފެނާއި ނަރުދަމާގެ ޚިދުމަތް ފުޅާކުރުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމުގައެވެ.

އަދި މި ދާއިރާއިން އެމް.ޑަބްލިއު.އެސް.ސީ އިން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

އެމް.ޑަބްލިއު.އެސް.ސީގެ އެމް.ޑީ ޢަބްދުލްމަތީން ވިދާޅުވީ ކުންފުނިން ގެންގުޅޭ އާ ޓެކްނޮލޮޖީތަކާއި އިންވެސްޓްމަންޓްތަކުގެ ސަބަބުން ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވަމުންދާ ކަމަށެވެ.

އަދި ކުރިއަށް އޮތްތަނުގައިވެސް މި ދާއިރާ ތަރައްޤީކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement