ފެލިވަރުގެ ކޯލްޑް ސްޓޯރޭޖް ބޮޑުކުރުމުގެ މަސައްކަތް އަވަސް ކުރަން މަޝްވަރާކޮށްފި

ފެލިވަރުގެ ކޯލްޑް ސްޓޯރޭޖް ބޮޑުކުރުމުގެ މަސައްކަތް އަވަސް ކުރަން މަޝްވަރާކޮށްފި

މި މަޝްވަރާ ކޮށްފައިވަނީ އިންޑިއަން ހައިކޮމިޝަންގެ ބޭފުޅުންނާއި އިންޑިއާގެ އެގްޒިމް ބޭންކުގެ އިސް އޮފިޝަލުންނާއެކު

3 days ago - 09:33
Advertisement

ފެލިވަރު މަސް ފެކްޓަރީގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ބޮޑުކުރުމުގެ މަސައްކަތް އަވަސް ކުރުމާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެވުޒާރާއިން ވިދާޅުވީ އިންޑިއަން ހައިކޮމިޝަންގެ ބޭފުޅުންނާއި އިންޑިއާގެ އެގްޒިމް ބޭންކުގެ އިސް އޮފިޝަލުންނާއެކު ކުރި މަޝްވަރާތަކަކީ ފެލިވަރުގައި އަޅާ މަސް ރައްކާކުރާ ފެސިލިޓީގެ މަސައްކަތް އަވަސްކޮށް، މަސްވެރިންނަށް ޚިދުމަތް ދިނުން އަވަސް ކުރުމާ ގުޅޭ ގޮތުން ކުރެވުނު މަޝްވަރާތަކެއް ކަމަށެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ އިސްފަރާތްތައް ބައިވެރިވި މި މަޝްވަރާތަކާ ގުޅޭ ގޮތުން އެވުޒާރާއިން ވިދާޅުވީ ފެލިވަރުގައި ހިންގާ މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އުތުރުގައި މަސްވެރިކަން ކުރާ މަސްވެރިން ބާނާ މަސް ގަނެ ރައްކާކުރުމަށް ފަސޭހަވެގެން ދާނެ ކަމަށެވެ.

ފެލިވަރު މަސް ފެކްޓަރީގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ބޮޑުކުރުމަށް ހިންގާ މަޝްރޫޢުގެ މަސައްކަތް މޮނިޓަރކޮށް، މަސައްކަތް އަވަސް ކުރުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަތުމަށް މަސްވެރި ވުޒާރާއާއި އިންޑިއާގެ އެގްޒިމް ބޭންކުގެ ޓެކްނިކަލް ޓީމެއް މިއަހަރުގެ ޖުލައި 17 ވަނަ ދުވަހުވަނީ ފެލިވަރަށް ޒިޔާރަތް ކުރައްވާފައެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement