ވިދާ ގުގުރުމުން ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި

ވިދާ ގުގުރުމުން ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި

33 minutes ago - 10:45
Advertisement
Advertisement

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވިދާ ގުގުރުމުގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށްޓަކައި ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ. 

މޫސުމާ ބެހޭ ގައުމީ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށް ލަފާކޮށްފައިވާތީ، އެންޑީއެމްއޭއިން ވަނީ އެކްސްގައި ކުރި ޕޯސްޓެއް މެދުވެރިކޮށް ރައްޔިތުން ސަމާލުވުމަށް އެދިފައެވެ. އެ އޮތޯރިޓީން ވަނީ ވިދާ ގުގުރުމުގެ ވަގުތުތަކުގައި ނުރައްކަލުން ސަލާމަތްވުމަށް އަންނަނިވި ފިޔަވަޅުތައް އެޅުމަށް އިރުޝާދު ދީފައެވެ:

  • ހާމަ ތަންތަނާއި ޓެރެސް ފަދަ އުސް ތަންތަނަށް ނުދިއުމާއި އެފަދަ ތަންތަނުން ދުރުހެލިވުން.
  • ވީހާވެސް ބޮޑަށް އިމާރާތްތަކުގެ އެތެރޭގައި މަޑުކުރުން.
  • ބޭރުގައި އުޅޭނަމަ، ވިއްސާރައިން ހިޔާވުމަށް އުސް ތަންތަން ކައިރީގައާއި ގަސްގަަސްދަށުގައި ނުތިބުން.
  • އިލެކްޓްރޯނިކް ސާމާނު ކަރަންޓުން ނައްޓާލުމާއި، ގުގުރާ ވަގުތު އެފަދަ ތަކެތި ބޭނުންކުރުމުން ދުރުހެލިވުން.
  • ފެންބޮޑުވެފައިވާ ސަރަހައްދުތަކާއި، ތެމިފައިވާ ތަކެއްޗާއި ދަގަނޑު ސާމާނާ ދުރުގައި އުޅުން.

މޫސުމީ ރެކޯޑްތަކަށް ބަލާއިރު، ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ އައްޑޫ ސިޓީ ހިތަދުއަށެވެ. އެއީ 46.1 މިލިމީޓަރުގެ ވާރެއެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވިފައިވަނީ ފ. ބިލެއްދޫއަށެވެ. އެ ރަށަށް 33 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ސ. ހުޅުމީދުއަށް ވަނީ 32.4 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެތީވެ، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށާއި، ދަތުރުފަތުރު ކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement