ރީޖަނަލް އެއަޕޯރޓްސް އިން ހިންގި އެއަޕޯރޓްތަކާ ހަވާލުވެ, އެމްއޭސީއެލް އިން ހާލަތު ދެނެގަންނަނީ
މުލި އެއަޕޯރޓަށް ފްލައިޓް ޖައްސާފަ: ފޮޓޯ-މޯލްޑިވިއަން

ރީޖަނަލް އެއަޕޯރޓްސް އިން ހިންގި އެއަޕޯރޓްތަކާ ހަވާލުވެ, އެމްއޭސީއެލް އިން ހާލަތު ދެނެގަންނަނީ

7 hours ago - 14:37
Sep 7, 2025 - 14:37
Advertisement
Advertisement

ރީޖަނަލް އެއަޕޯރޓްސް ކޮމްޕެނީން ހިންގި ޑޮމެސްޓިކް އެއަޕޯރޓްތަކާ ހަވާލުވެ, މޯލްޑިވްސް އެއަޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާލަތު ދެނެގަތުމުގެ މަސައްކަތް ފަށައިފިއެވެ.

އެގޮތުން އެމްއޭސީއެލްއިން ވަނި 9 އެއަޕޯޓެއްގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ފަށާފައެވެ. މީގެތެރޭގައި މިހަފްތާގައި ޚިދުމަތް މެދުކެނޑުނު ފުވައްމުލައް ސިޓީގެ އެއަޕޯރޓް ހިމެނެއެވެ. އެމްއޭސީއެލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހާލަތު ދެނެގަތުމާއެކު އެ އެއަޕޯރޓްތަކުގެ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ހާލަތު ދެނެގަތުމުގެ މަރުހަލާގައި އެމްއޭސީއެލްގެ ޓެކްނިކަލް ޓީމު ތަކުން ދަނީ ޑޮމެސްޓިކް އެއަޕޯރޓްތަކަށް ޒިޔާރަތްކޮށް އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާވެސް ބައްދަލުކުރަމުންނެވެ.

ރީޖަނަލް އެއަޕޯރޓްސް ކުންފުނި އުވާލަން ނިންމާ އެކުންފުނިން ހިންގި އެއަޕޯރޓްތައް އެމްއޭސީއެލްއާ ހިންގަން ހަވާލުކުރުމުގެ އިތުރުން, އިތުރު އެއަޕޯރޓްތައް އެޅުމުގެ މަސައްކަތްވެސް އެމްއޭސީއެލްއާ ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ. އޭގެތެރޭގައި މަތިވެރީގައި އަޅާ އެއަޕޯރޓް ހިމެނެއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement