ކުރީގެ ރައީސް ނާސިހު ހިމެނިވަޑައިގަންނަވާ ގޮތަށް ސީއެސްސީ އަށް ތިން މެމްބަރުން އައްޔަންކުރައްވައިފި
ސީއެސްސީއަށް އައްޔަންކުރެއްވި ތިން މެމްބަރުން: ފޮޓޯ-ރައީސް އޮފީސް

ކުރީގެ ރައީސް ނާސިހު ހިމެނިވަޑައިގަންނަވާ ގޮތަށް ސީއެސްސީ އަށް ތިން މެމްބަރުން އައްޔަންކުރައްވައިފި

7 hours ago - 14:25
Sep 7, 2025 - 14:25
Advertisement
Advertisement

ސިވިލް ސަރވިސް ކޮމިޝަންގެ ކުރީގެ ރައީސް ނާސިހު ހިމެނިވަޑައިގަންނަވާ ގޮތަށް އެކޮމިޝަނަށް ތިން މެމްބަރުން އައްޔަންކުރައްވައިފިއެވެ.

ކޮމިޝަނަށް ތިން މެމްބަރުން އައްޔަންކުރެއްވީ ތިން މެމްބަރެއްގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. ދައުރު ހަމަވި މެމްބަރުންގެ ތެރޭގައި އެކޮމިޝަންގެ ކުރީގެ ރައީސް މުޙައްމަދު ނާސިހު ހިމެނިވަޑައިގަންނަވައެވެ. ކޮމިޝަނަށް ދެން އައްޔަންކުރެއްވި މެމްބަރުންނަކީ ޑޮކްޓަރ ޙުސައިން ފާއިޒް އަދި މ. ވައިޓްބެލް، ޑޮކްޓަރ ދީބާ މޫސާއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމުގެ ކުރިން، ތިން ބޭފުޅުން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ތިން ބޭފުޅުންނަށް ހުވައި ލައިދެއްވީ، ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިވިލް ސަރވިސް ކޮމިޝަނަށް އަލަށް ޢައްޔަންކުރެއްވި ތިން މެންބަރުންނާ، އެ މަޤާމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރައްވާފައެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement