ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 107 ރަށެއްގެ ބައިވެރިން
ތަމްރީނަށް ފުރި ބައިވެރިއަކަށް އަލްވަދާއު ކިޔަނީ

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 107 ރަށެއްގެ ބައިވެރިން

2 hours ago - 07:05
Sep 18, 2025 - 07:06
Advertisement
Advertisement

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 107 ރަށެއްގެ ބައިވެރިން ހިމެނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފުރަތަމަ ބުރުގައި ބައިވެރިވުމަށް ފުރި ޒުވާނުންނާއި, ބެލެނިވެރިންނާއި އާއިލާތަކަށް މަރުހަބާ ދަންނަވަން ކުރެއްވި ޕޯސްޓްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފުރަތަމަ ބުރުގައި ބައިވެރިވާން 1242 ޒުވާނުން އެދުނު ކަމަށެވެ. ނަމަވެސް ތަމްރީނަށް ފުރީ ސިލެކްޝަން ޕްރޮސެސްގައި ހޮވުނު 343 ޒުވާނުންނެވެ.

ތަމްރީނަށް ފުރީ ޢުމުރުން 16 އަހަރާއި 29 އަހަރުގެ ޒުވާނުންނެވެ. އޭގެތެރޭގައި 64 އަންހެން ޒުވާނުން ހިމެނެއެވެ. 279 ޒުވާނުންނަކީފިރިހެނުންނެވެ.

"މި ތަމްރީނުގައި ބައިވެރިވާ އެންމެހާ ޒުވާނުންނަށް އަދި އެ ޒުވާނުންގެ ބެލެނިވެރިންނާއި ޢާއިލާތަކަށް މަރްޙަބާ ދަންނަވަން" ރައީސް ވިދާޅުވިއެވެ.

Advertisement
Advertisement

ދިވެހި ވަޠަނީ ޚިދުމަތުގެ މަގުސަދުތައްވެސް ރައީސް ވަނީ ހިއްސާކުރައްވާފައެވެ. އެއީ:

1.     ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކުރުން.

2.   ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކޮށް ތަރައްޤީކުރުން.

3.   ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމާއި އަދި ނޭޝަނަލް ސަރވިސްގެ ތެރެއިން ސަލާމަތީ ޚިދުމަތްތަކަށް މީހުން ރެކްރޫޓްކުރެވޭނެ މަގުފަހިކޮށްދިނުން.

4.   ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އިޙުތިރާމު ކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުން.

5.   ދިވެހި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ބައްޓަންކުރުން.

6.   ދިވެހި ޒުވާނުންނަކީ ރޫހާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް ހެދުން.

މިތަމްރީނު ފުރިހަމަ ކުރާނީ މާފިލާފުށީގައެވެ. މިއީ ތިންމަސް ދުވަހުގެ ޕްރޮގްރާމެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement