ޕީއެސްއެމްގެ އާ އެމްޑީ އަކަށް ސައީދު
ޕީއެސްއެމްގެ އާ އެމްޑީ ސައީދު

ޕީއެސްއެމްގެ އާ އެމްޑީ އަކަށް ސައީދު

ކުރީގެ އެމްޑީ ޒީނާ އިސްތިއުފާ ދެއްވީ ހޮނިހިރި ދުވަހު ހަވީރު

25 days ago - 06:40
Advertisement

ޕީއެސްއެމްގެ އާ މެނޭޖިންގ ޑައިރެކްޓަރ (އެމްޑީ) އަކަށް ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް މަސައްކަތް ކުރެއްވި މުހައްމަދު ސައީދު ހަމަޖައްސަވައިފި އެވެ.

އެމަގާމަށް ރޭ ސައީދު ހަމަޖެއްސެވުމާ ހަމައަށް މަސައްކަތް ކުރެއްވީ ވޮލީބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީގެ މަގާމްގައެވެ. ސައީދު އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ތައުލީމީ ވުޒާރާގައެވެ. އޭނާ ވަނީ ކުރިން އެވުޒާރާގެ ޕާމަނަންޓް ސެެކެޓްރީގެ މަގާމްވެސް އަދާކުރައްވާފައެވެ. ސައީދު ޕާމަނަންޓް ސެކެޓްރީގެ މަގާމަށް އައްޔަން ކުރެއްވީވެސް އަދި ވަކިކުރެއްވީ ވެސް ރައީސް ޔާމީންގެ ދައުރުގައެވެ. މުވައްޒަފުންނާ ދޭތެރޭ ގަވާއިދާ ހިލާފަށް އަމަލުކުރުމުގެ ތުހުމަތުގައި އޭނާ ވަކިކުރެއްވީ ސިވިލް ސަރވިސް ކޮމިޝަނުންނެވެ.

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމް ހުސްވީ އިއްޔެ ހަވީރު ޒީނާ ޒާހިރު އެމަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ޒީނާ އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅެއް ނުވެއެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވީ ވަކިކުރަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ކަމަށް މައުލޫމާތު ލިބެއެވެ. ޒީނާގެ އިސްތިއުފާއާއެކު އެހާ އަވަހަށް އާ މެނޭޖިންގ ޑިރެކްޓަރެއް އައްޔަން ކުރެއްވުމުން އެކަމަށް ބާރު ލިބެއެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement