އަމިއްލަ ފަރާތެއްގެ އެހީގައި ހުޅުމާލޭގައި ބިނާ ކުރާ މިސްކިތެއްގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ އަޅުއްވައިދެއްވައިފި
މިސްކިތުގެ ބިންގާ ރައީސުލްޖުމްހޫރިއްޔާއާއި ޝައިޚު އިސްމާއީލް މުޙައްމަދު އަޅުއްވައިދެއްވަނީ: ފޮޓޯ-އެޗްޑީސީ

އަމިއްލަ ފަރާތެއްގެ އެހީގައި ހުޅުމާލޭގައި ބިނާ ކުރާ މިސްކިތެއްގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ އަޅުއްވައިދެއްވައިފި

އަންނަ އަހަރުގެ ރަމަޟާން މަހަށް މިސްކިތް ނިންމާނެ

4 days ago - 14:55
Mar 5, 2025 - 14:57
Advertisement
Advertisement

އަމިއްލަ ފަރާތެއްގެ އެހީގައި ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ބިނާ ކުރާ މިސްކިތެއްގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު މިއަދު އަޅުއްވައިދެއްވައިފި އެވެ. މިއީ މ.ޠައިބާ ފަޟީލަތުއްޝައިޚު އިސްމާއީލް މުޙައްމަދުގެ ދީލަތި އެހީގައި ބިނާކުރާ މިސްކިތެކެވެ. މިސްކިތުގެ ބިންގާ އެޅުއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ޝައިޚު އިސްމާއީލް މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިއީ ދެހާހެއްހާ މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ދެ ފަންގި ފިލާ ހިމެނޭ މިސްކިތެކެވެ. މިސްކތުގައި އަންހެނުން ނަމާދުކުރަން ޚާއްޞަ ބައެއް ހިމެނެއެވެ. އަދި ދިރާސާކުރުމާއި, މުޠާލިއާ ކުރުމަށް ޚާއްޞަ ލައިބްރަރީއެއް ހިމެނޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ. މިސްކިތަށް ދީފައިވާ ނަމަކީ ' މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ ރަޟިޔަالله ޢަންހާ' އެވެ.

މިސްކިތުގެ މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާ އަންނަ އަހަރުގެ ރަމަޟާން މަހަށް ހުޅުވުމަކީ މިސްކިތް ބިނާކުރެއްވުމަށް ހޭދަކުރައްވާ ފަރާތުގެ އަމާޒެވެ. މިސްކިތުގެ މަސައްކަތް ކުރަނީ މަދީނާ އިންވެސްޓްމަންޓްގެ ފަރާތުންނެވެ. މިސްކިތް ބިނާކުރާ ސަރަހައްދު މިހާރު ވަނީ އަމަލީ މަސައްކަތް ފަށަން ތައްޔާރުކޮށްފައެވެ.

މިސްކިތް ފަރުމާކޮށްފައިވަނީ ސޯލާއިން ކަރަންޓް ދެވޭގޮތަށެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement