
މިފްކޯގެ އާ ސީއީއޯ އަކަށް ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފަރުހަތު ޝަހީރު
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝިންގް ކޮމްމެނީ ލިމިޓެޑް (މިފްކޯ)ގެ އާ ސީއީއޯއަކަށް އެމްއެންޑީއެފްގެ ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް, ރިޓަޔާޑް ފަރުހަތު ޝަހީރު އައްޔަނުކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޝަން ބޯޑު (ޕީސީބީ) ން ރިޓަޔާޑް ފަރުހަތު ޝަހީރު އެމަޤާމަށް އައްޔަނުކުރައްވާފައިވަނީ މިއަދުއެވެ.
މިފްކޯގެ ސީއީއޯއަކަށް އާ ބޭފުޅަކު އައްޔަކުކޮށްފައި މިވަނީ އެންމެ ފަހުން ހުންނެވި ސްވިޒަލޭންޑްގެ ޑރ. ވިޓާލީ ލިއުބިމޯވް ފާއިތުވި ހޯމަ ދުވަހު މަޤާމުން ވަކިކުރައްވާފައިވަނިކޮށެވެ. ނަމަވެސް އޭނާ ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ. ފާއިތުވި ޑިސެމްބަރު މަހު އައްޔަނުކުރި ޑރ. ވިޓާލީ އަކީ މިފްކޯގެ 32 އަހަރުގެ ތާރީޚްގައި އެމަޤާމަށް އައްޔަނުކުރި ހަމައެކަނި ބޭރުގެ ސީއީއޯއެވެ.
ރިއެކްޝަންސް






