11 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށް އަލްޓެކް މޯލްޑިވްސްއާ ހަވާލުކޮށްފި

11 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށް އަލްޓެކް މޯލްޑިވްސްއާ ހަވާލުކޮށްފި

2 hours ago - 21:52
Advertisement
Advertisement

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ރާއްޖޭގެ 11 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރުމަށް އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.


މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދުއެވެ. އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ހުސެއިން ތަސްމީންއެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޝަފީއު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:

  • ރ. ރަސްމާދޫ، ފ. ފީއަލީ އަދި ތ. ބުރުނީގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫޢުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުން.
  • ލ. އިސްދޫ، ލ. ކަލައިދޫ އަދި ލ. ދަނބިދޫގައި މިހާރު ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމު ބަދަލުކޮށް، އައު ގްރެވިޓީ ނަރުދަމާ ނިޒާމެއް ގާއިމުކުރުން.
  • ރ. އަނގޮޅިތީމް، ރ. ވާދޫ، ލ. ހިތަދޫ އަދި ގއ. ދެއްވަދޫގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫޢުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުން.
  • ފުވައްމުލަކު ސިޓީގައި ގާއިމުކޮށްފައިވާ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު.

މި މަޝްރޫޢުތަކަކީ ރަށްރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ފެނާއި ނަރުދަމާގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށާއި، އަސާސީ ޚިދުމަތްތައް ފުރިހަމަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މި މަސައްކަތްތައް ހަވާލުކުރުމުގެ ބޭނުމަކީ މަސައްކަތްތައް ހުއްޓުމެއް ނެތް އަވަސް ސްޕީޑެއްގައި ކުރިއަށް ގެންގޮސް ނިންމާލުމެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement