މި މަހު 10ގެ ނިޔަލަށް މަސްދަޅު ބަހާ ނިންމަނީ
އަމާޒަކީ މި ހިނގާ މާރިޗު މަހުގެ 10 ގެ ނިއަލަށް ރޯދަ ހަދިޔާ ބަހައި ނިންމުން ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 
މި ޕޯސްޓްގައި ވަޒީރު އިތުރަށް ވިދާޅުވެފައި ވަނީ ހުވަދު އަތޮޅުގެ ދެ ބުރިއަށް މާދަމާ ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅު ކޭސް ލިބިލައްވާނެ ކަމަށާއި، އޭރުން ރާއްޖޭގެ ހުރިހައި ހިސާބަކަށް ރޯދަ ހަދިޔާ ފޯރުކޮށްދީ ނިމުނީ ކަމަށެވެ. 
ވަޒީރު މިއަދު ކުރެއްވި ޕޯސްޓުގައިވެސް މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހާ ސަރަހައްދުތަކާއި ގަޑިތައް ހިމަނުންވާފައި ވެއެވެ. 
މާލޭ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތައް:
- މިފްކޯ ކޮމްޕްލެކްސް (މާފަންނު)
 - އެމް.ޓީ.ސީ.ސީ ސޯމިލް
 - ހެންވޭރު ދަނޑު
 - ގަލޮޅު ދަނޑު – ސެޓަޕް 1
 - ގަލޮޅު ދަނޑު – ސެޓަޕް 2
 - ގަލޮޅު ދަނޑު – ސެޓަޕް 3
 - ގަލޮޅު ދަނޑު – ސެޓަޕް 4
 - ސޯޝަލް ސެންޓަރު
 - ވިލިމާލެ – ވެމްކޯ ސައިޓް
 - ހުޅުމާލެ – އުމަރު ޒާހިރު ބިލްޑިންގ
 - ހުޅުމާލެ – ޕޮލްކޯ ޓަވރ (ސީ ބްލޮކު)
 - ހުޅުމާލެ – ހިޔާ ޓަވަރު 10
 - ހުޅުމާލެ – ކާމިލްދީދި ޕްރީސްކޫލް
 
މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ވެސް މި ރަމަޟާން މަހު ރޯދަ ހަދިޔާ ބަހަނީ ރޭގަނޑު 9.30 އިން 11.30 އަށެވެ. 
ރިއެކްޝަންސް
                    
                
                    
                
                    
                
                    
                
                    
                
                    
                
                    
                


        




                                

                                                                                                                                            
                                                                                                                                            
                                                                                                                                            
