ލިވަޕޫލާއި  ބާސެލޯނާއަށް ހަނި މޮޅެއް, ބަޔާން މިއުނިކް އިތުބާރާއެކު
ޜޭގެ މެޗުގައި ލިވަޕޫލްއަށް މޮޅު ސޭވްތަކެއް ކޮށްދިން ކީޕަރު އެލިސަން އަދި ވާޖިލް ވެންޑައިކް. ފޮޮޓޯ: ލިވަޕޫލް

ލިވަޕޫލާއި ބާސެލޯނާއަށް ހަނި މޮޅެއް, ބަޔާން މިއުނިކް އިތުބާރާއެކު

3 days ago - 10:18
Mar 6, 2025 - 10:19

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގެ މެޗުތައް ރޭ ނިމިފައިވާއިރު ފަހު ވަގުތު 1-0 ން ލިވަޕޫލްއިން ފްރާންސްގެ ޕީއެސްޖީ ބަލިކުރިއިރު, ބާސެލޯނާ އަށް ބެންފީކާ އަތުންވެސް ލިބުނީ 1-0 ގެ ހަނި މޮޅެކެވެ.ޖަރުމަނުގެ ގަދަ ދެބާރުގެ ކުރިމަތިލުން ބަޔާން މިއުނިކުން ކާމިޔާބުކުރީ 3-0 ންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ޔޫރަޕްގެ ބޮޑު ދެލީގުގެ ކުރީގައި އޮތް ލިވަޕޫލްއާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޕީއެސްޖީންނެވެ. ނަމަވެސް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާވަނީ ޕީއެސްޖީގެ ހަމަލާތައް ދިފާއުކުރުމުގައި އާދަޔާ ހިލާފް މޮޅުކުޅުމެއް ދައްކާ މޮޅު ސޭވްތަކެއް ކޮށްފައެވެ.

އަމިއްލަ ދަނޑުގައި ޕީއެސްޖީން ނަގަން ބޭނުންވި އެޑްވާންޓޭޖް އެޓީމަށް ގެއްލުނީ މެޗު ނިމެންދަނިކޮށް 87 ވަނަ މިނިޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުއިން ހާވީ އެލިއަޓް ލިވަޕޫލަށް ގޯލެއް ކާމިޔާބުކޮށްދިނުމާއެކުއެވެ. ގޯލް ޖެހުމުގައި އެހީތެރިވީވެސް ބަދަލަކަށް ކުޅެން ނިކުއިން ޑާވިން ނުނޭޒްއެވެ.

Advertisement
Advertisement

މި ގޯލް ކާމިޔާބުކުރުމުގެ ކުރިން ޕީއެސްޖީގެ ކްވަރަޝްކޭލިއާ ގޯލެއް ކާމިޔާބުކުރި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) ން ވަނީ އޮފްސައިޑް ކަމަށް ނިންމާ ގޯލް ބަލައި ނުގެންފައެވެ.

ބަޔާން މިއުނިކުގެ އަމިއްލަ ދަނޑުގައި ބަޔާން ލެވަކޫސަން ބައްދަލުކުރި މެޗުގައި ބަޔާނަށް 9 ވަނަ މިނިޓްގައި ލީޑް ނަގައިދިން ހެރީ ކޭން ވަނީ 75 ވަނަ މިނިޓްގައި އެޓީމަށް ލިބުނު ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ. ދެވަނަ ގޯލް 54 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޖާމަލް މުސިއާލާއެވެ. 

ރަށުން ބޭރުގައި ބާސެލޯނާއިން ޕޯޗްގަލްގެ ބެންފީކާ އާ ދެކޮޅަށްކުޅުނު މެޗުގެ ހަމައެކަނި ގޯލް ބާސެލޯނާއށް 61 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ރަފީނިއާ އެވެ. މެޗުގެ 22 ވަނަ މިނިޓްގައި ބާސާގެ ޕައު ކަބާސީއަށް ދެއްކި ރަތްކާޑާއެކު މެޗުގެ ބޮޑުބައި އެޓީމުން ކުޅުނީ 10 ކުޅުންތެރިންނާއެކުއެވެ.

ގަދަ 16 ގެ ފުރަތަމަ ލެގުގައި ރޭ އިންޓަ މިލާންވެސް ވަނީ ފެޔެނޯޑް އަތުން 2-0 ން މޮޅުވެފައެވެ. ފެޔެނޯޑް އަކީ ޕްލޭއޯފްގައި އިޓަލީގެ އޭސީ މިލާން ކަޓުވާލާ ދެވަނަ ބުރަށް ދަތުރުކުރި ޓީމެކެވެ. މެޗުގައި އިންޓަރ އަށް ތިން ތަރީގެ މޮޅެއް ހޯދަން ފުރުޞަތު ލިބުން ނަމަވެސް ޕިއޮޓްރޭ ޒިއެލެންސްކީ ފޮނުވާލި ބޯޅަ ވަނީ ނާކާމިޔާބު ވެފައެވެ. ފުރަތަމަ ދެގޯލް ކާމިޔާބުކޮށްދިނީ މާކަސް ތުރާމް އަދި ލައުރާޓޯ މާޓިނޭޒްއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow