ޕްރިމިއަރ ލީގުގެ ފަހުތަޅާލުންގަނޑު ކާމިޔާބުކޮށް މެންޗެސްޓަރ ސިޓީ އަދި ޗެލްސީ ޗެމްޕިއަންސްލީގަށް
އަންނަ ސިޒަންގެ ޗެމްޕިއަންސް ލީގިގެ ފަހު ފަސް ޖާގަ ކަށަވަރުކުރި ސިޓީ, ޗެލްސީ އަދި ނިއުކާސަލްގެ ކުޅުންތެރިން މެޗަށްފަހު

ޕްރިމިއަރ ލީގުގެ ފަހުތަޅާލުންގަނޑު ކާމިޔާބުކޮށް މެންޗެސްޓަރ ސިޓީ އަދި ޗެލްސީ ޗެމްޕިއަންސްލީގަށް

އެވަރޓަން އަތުން ބަލިވި ނަމަވެސް ނިއުކާސްލްވެސް ވަނީ ފަސް ވަނަ އިގައި ޗެމްޕިއަންސް ލީގަށް ކޮލިފައި ވެފައި

4 hours ago - 22:39
May 25, 2025 - 23:07

އިނގިރޭސި ޕްރިމިއަރ ލީގު ނިންމާ މެޗުތައް މިރޭ ކުޅެ ނިމިފައިވާއިރު އަންނަ ސީޒަންގެ ޗެޕްމިއަންސް ލީގުގެ ފަހު ތިންޖާގަ މެންޗެސްޓަރ ސިޓީ, ޗެލްސީ އަދި ނިއުކާސަލް ޔުނައިޓް ކަށަވަރުކޮށްފިއެވެ. އާދިއްތަ ދުވަހު އަިއްލަ ދަނޑުގައި 1-0 ން އެވަރޓަން އަތުން ބަލިވެ ނިއުކާސަލް އެސްޓަންވިލާއާ ޕޮއިންޓްގެ ގޮތުން އެއްވަރުވި ނަމަވެސް ފަސްވަނައިގައި ވަނީ ފައިތިލަ ސާބިތުކޮށްފައެވެ.

މެންޗެސްޓަރ ސިޓީން ފުލަމްގެ މައްޗަށް ކުރި ހޯދި މެޗުގައި ސިޓީގެ ގޯލްތައް ކާމިޔާބުކުރީ އިކާއި ގުންޑޮގަން, އަދި އާލިން ހާލަންޑް އެވެ. ސިޓީގެ ދެވަނަ ގޯލަކީ ޕެނަލްޓީ އަކުން ހާލަންޑް ކާމިޔާބުކުރި ގޯލެކެވެ. ތާވަލްގެ އިންވަނަ ސިޓީއަށް ލިބެނީ 71 ޕޮއިންޓާއެކުއެވެ.

ނޮޓިންގްހަމް ފޮރެސްޓާއި ޗެލްސީ ބައްދަލުކުރި މެޗު 1-0 ން ނިމުންއިރު މެޗުގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ ލެވީ ކޮލްވިލްއެވެ. 50 ވަނަ މިނިޓްގައި މި ގޯލް ކާމިޔާބުކުރުމަށް އޭނާއަށް އެހީވީ ޕެޑްރޯ ނޭޓޯއެވެ. 69 ޕޮއިންޓާއެކު ޗެލްސީއަށް ހިމެނުނީ ތާވަލްގެ ހަތަރު ވަނައިގައެވެ. މިއީ ފާއިތުވި ތިން ސީޒަނުގައި ޗެލްސީން ޗެމްޕިއަންސް ލީގަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. 

އެސްޓަންވިލާއަށްވެސް ގަދަ ފަހެއްގައި ލައްވާލުމުގެ ފުރުޞަތެއް ލިބުން ނަަމަވެސް އާދިއްތަ ދުވަހު 2-0 ން. ވަނީ މެންޗެސްޓަރ ޔުނައިޓަޑް އަތުން ބަލިވެފައެވެ. ފުރަތަމަ ހާފު ނިމެންދަނިކޮށް ވިލާގެ އެއް ނަމްބަރު ކީޕަރު އެމީލިއާނޯ މާޓިނޭޒްއަށް ދެއްކި ރަތްކާޑާއެކު ވިލާއިން ފަހު ހާފު އެއްކޮށް ކުޅެންޖެހުނީ 10 ކުޅުންތެރިންނާއެކުއެވެ. އުނައިޓަޑުން ދެ ގޯލްވެސް ކާމިޔާބުކޮށްފައިވަނީ މެޗުގެ ފަހު 15 މިނިޓް ތެރޭގައެވެ.

Advertisement
Advertisement

ޗެމްޕިއަން ލިވަޕޫލް އަށް ލަދެއްގައި ނުބެދި އާދިއްތަ ދުވަހު ކަރިސްޓަލް ޕެލަސް ކައިރިން ސަލާމަތްވެވުނީ ހަމަ ކިރިޔާއެވެ. މެޗުގެ ނުވަ ވަނަ މިނިޓްގައި ޕެލަސްއިން ނެގި ލީޑާއެކު ފަހު ހަ މިނިޓާ ހަމައަށްވެސް ޕެލަސް އޮތީ 1-0 ން ކުރީގައެވެ. 84 ވަނަ މިނިޓްގައި ލިވަޕޫލް ސަލާމަތްކޮށްދިނީ ކޯޑީ ގަޕްކޯގެ އެހީތެރިކަމާއެކު މުޙައްމަދު ޞަލާޙްއެވެ. 

ތާވަލްގެ ދެވަނަ ކުރިންވެސް ކަށަވަރުކޮށްގެން އޮތް އާސެނަލް އިން ސައުތަމްޕްޓަން ބަލިކުރީ 2-1 ންނެވެ.މި މޮޅާއެކު އާސެނަލްއަށް ލީގު ތާވަލްގެ ދެވަނަ ލިބެނީ 74 ޕޮއިންޓާއެކުއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow