
ހަބަރު ހުސްވެފައި އޮތް 21 އަހަރުގެ އަންހެނަކު ފެނިއްޖެ
ހަބަރު ހުސްވެފައި އޮތް 21 އަހަރުގެ އަންހެނަކަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އެބަދެއެވެ. ފުލުހުން ވިދާޅުވީ އެއީ ފޭސް 2 ގެ ވިނަރެސް ފްލެޓެއްގެ ތެރެއިން ފެނުނު އަންހެނެއް ކަމަށެވެ.
އޭނާ ފެނުނީ އެފްލެޓްގެ ތެރެއިން މިއަދު ހެނދުނު މީހަކު ރޯއަޑު އިވޭކަމަށް ލިބުނު ރިޕޯރޓަކާ ގުޅިގެން, ފްލެޓްގެ ދޮރު ގަދަކަމުން ހުޅުވައިގެން ވަދެ ފުލުހުން ބެލިބެލުމުން ކަމަށް އެއިދާރާއިން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ އެއީ ދިވެހި އަންހެނެއް ކަމަށާއި, އެފްލެޓްގައި އެވަގުތު އިތުރު މީހަކު ނެތް ކަމަށެވެ. ފަހުން ފުލުހުން ވިދާޅުވީ އެކަން ރިޕޯރޓްކުރީ އާއިލާއިން ކަމަށެވެ. އަދި ފްލެޓްގައި މީހުން ތިބި ކަމަށާއި, މީހުން ނެތީ އަންހެން މީހާ އޮތް ކޮޓަރީގައި ކަމަށެވެ.
ފުލުހުންނަށް ރިޕޯރޓް ލިބުނީ ހެނދުނު 06:05 ހާއިރު ކަމަށް ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ރިއެކްޝަންސް






