އަގުއޭރޯގެ ރެކޯޑް މުގުރާލާ, ޕްރިމިއަރ ލީގުގެ އެންމެ ގިނަ ގޯލްޖެހި ބިދޭސީ ކުޅުންތެރިއަކަށް ޞަލާޙް
ސަލާޙްގެ ގޯލަށްފަހު ސަޕޯޓަރުންނާއެކު ސެލްފީއެއް ނަގަނީ. ފޮޓޯ: ލިވަޕޫލް

އަގުއޭރޯގެ ރެކޯޑް މުގުރާލާ, ޕްރިމިއަރ ލީގުގެ އެންމެ ގިނަ ގޯލްޖެހި ބިދޭސީ ކުޅުންތެރިއަކަށް ޞަލާޙް

8 hours ago - 23:58
Apr 28, 2025 - 00:00

ލިވަޕޫލްގެ މިޞްރުގެ ފޯވާޑް މުޙައްމަދު ޞަލާޙްއަކީ މިހާރު ޕްރިމިއަރ ލީގުގައި އެންމެ ގިނަ ގޯލް ކާމިޔާބުކުރި ބިދޭސީ ކުޅުންތެރިޔާއެވެ. އާދިއްތަ ދުވަހު ލީގުގައި ޓޮޓެންހަމް އާ ދެކޮޅަށް ކުޅެ 5-1 ން ލިވަޕޫލް މޮޅުވި މެޗުގައި ސަލާޙް ޖަހަހިދިން ގޯލާއެކު އޭނާ ވަނީ ލީގުގައި މެންޗެސްޓަރ ސިޓީގެ ލެޖެންޑް ސާޖިއޯ އަގުއޭރޯގެ ރެކޯޑް މުގުރާލާފައެވެ.  

ލިވަޕޫލް ލީގު ކާމިޔާބުކުރި މި މެޗުގެ ހަތަރުވަނަ ގޯލް ސަލާޙް ކާމިޔާބުކުރުމާއެކު އޭނާ ވަނީ މިހާތަނަށް ޕްރިމިއަރ ލީގުގައި 185 ގޯލް ޖަހާފައެވެ. އާދިއްތަ ދުވަހުގެ މެޗުގައި އޭނާގެ ގޯލަށްފަހު ސަލާޙްވަނީ އެންފީލްޑްގައި އޮތް ލިވަޕޫލްގެ ސަޕޯޓަރުންގެ ތެރެއިން މީހެއްގެ ފޯނު ހޯދައިގެން ސަޕޯޓަރުންނާއެކު ސެލްފިއެއް ނަގާފައެވެ.

ސަލާޙް އަގުއޭރޯގެ ރެކޯޑާ އަރާ ހަމަކުރީ މާޗު މަހު 8 ވަނަ ދުވަހު ލިވަޕޫލްއިން ސައުތަޕްޓަން އާ ދެކޮޅަށް ކުޅެ 3-1 ން މޮޅުވި މެޗުގައެވެ. އެމެޗު ލިވަޕޫލްއިން ކާމިޔާބުކުރީ ފަހަތުންއަރާ ސަލާޙް ކާމިޔާބުކޮށްދިން ދެ ގޯލާއެކުއެވެ.

އޭއެސް ރޯމާއިން 2017ގައި ލިވަޕޫލްއަށް ބަދަލުވި ޞަލާހް ފާއިތުވި މަހު ވަނީ ލިވަޕޫލްއާއެކު ހަދާފައިވާ އެއްބަސްވުން ދެ އަހަރަށް އިތުރުކޮށްފައެވެ.

Advertisement
Advertisement

މިސީޒަންގައި ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަލާޙް އާދިއްތަ ދުވަހު ޓޮޓްނަމް އާ ދެކޮޅަށް ކާމިޔާބުކުރި ގޯލާއެކު މިސީޒަނުގެ ޕްރިމިއަރ ލީގުގައި އޭނާ ވަނީ 46 ވަނަ ގޯލް ކޮންޓްރިބިއުޝަން ހަދާފައެވެ. ލީގުގައި އެންމެ ގިނަ ގޯލް އެއް ސީޒަނެއްގައި ކާމިޔާބުކުރީ އެންޑީ ކޯލް, އަދި އެލަން ޝިއެރާގެ ރެކޯޑާ އަރާ ހަމަކުރަން ސަލާޙަށް މަދުވަނީ ހަމަ އެންމެ ގޯލެކެވެ.

ޞަލާޙް މިހާރު އޮތީ ޕްރިމިއަ ލީގުގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިންގެ ލިސްޓްގެ ފަސްވަނައިގައެވެ. އެއީ (260) ޝިއެރާ, (213) ހެރީ ކޭން, (208) ވޭން ރޫނީ އަދި (187) ކޯލްގެ ފަހަތުންނެވެ.

މި ސީޒަނުގައި މިހާތަނަށް ޕްރިމިއަރ ލީގުގައި 28 ގޯލް ސަލާޙް ކާމިޔާބުކޮށްފައިވާއިރު, ހުރިހާ މުބާރާތަކުން 33 ގޯލް އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow