ރެއާލްގައި އެމްބާޕޭގެ ފުރަތަމަ ރަތްކާޑު, އަލްވެސް އަތުން ސަލާމަތްވީ ކިރިޔާ!
އެމްބާޕޭއަށް ރަތް ކާޑް ދައްކަނީ

ރެއާލްގައި އެމްބާޕޭގެ ފުރަތަމަ ރަތްކާޑު, އަލްވެސް އަތުން ސަލާމަތްވީ ކިރިޔާ!

2 days ago - 22:30
Apr 13, 2025 - 23:05

ސްޕެނިޝް ލަލީގާގައި އާދިއްތަ ދުވަހު ޑެޕޯޓިވޯ އަލްވެސް އާއި ރެއާލް މެޑްރިޑް ބައްދަލު ކޮށް 1-0 ން ރެއާލް މޮޅުވި މެޗުގައި ކީލިއެމްބާޕޭ އަށް ސިދާ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފިއެވެ. މިއީ ފާއިތުވި ހޫނު މޫސުމުގައި ރެއާލަށް ބަދަލުވި އެމްބާޕޭ އެ ކްލަބާ ގުޅުނު ފަހުން ލިބުނު ފުރަތަމަ ރަތްކާޑެވެ. 

މެޗުގެ 38 ވަނަ މިނިޓްގައި އެމްބާޕޭ ދަނޑުން ފޮނުވާލީ އަލްވެސްގެ މެދުތެރެއަށް ކުޅެމުން އަންނަ އެންޓޯނިއޯ ބްލެންކޯއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

ފުރަތަމަ ފާހު ނިމުމުގެ ކުރިން ރެއާލްގެ ސްކޮޑް 10 ކުޅުންތެރިންނަށް ކުޑަވި އިރުވެސް ރެއާލުން އޮތީ ގޯލެއް ކާމިޔާބުކޮށް ލީޑު ނަގާފައެވެ. 34 ވަނަ މިނިޓްގައި ރެއާލްގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ އެޑުއާޑޯ ކަމަވިންގާއެވެ. އޭގެ ކުރިން ރައުލް އަސެންސިއޯ ޖެހި ގޯލްވަނީ ފައުލަކާ ގުޅިގެން ބަލައިނުގެންފައެވެ.

މެޗުގެ 70 ވަނަ މިނިޓްގައި ރެއާޅްގެ ވިނީޝިއުސް ޖޫނިއަރ އަށް ކުރި ފައުލަކާ ގުޅިގެން އަލްވެސްގެ މަނޫ ސަންޗޭޒްއަށްވެސް ވަނީ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. މިއާއެކު ދެޓީމުގެ ކުޅުންތެރިންގެ އަދަދުވެސް އެއްވަރުވެގެންދިޔައެވެ. އެހެންނަމަވެސް އަލްވެސް ކޮޅަށް އިތުރު ގޯލެއް ކާމިޔާބު ކުރުމުގައި ރެއާލްއަށްވެސް މާއެދޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

Advertisement
Advertisement

މި މެޗަކީ ލަލީގާ ހޯދުމުގެ ރޭހުގައި ރެއާލްއަށް އިންތިހާއަށް މުހިއްމު މެޗެކެވެ. ރޭ ލަގަނޭސް އަތުން 1-0 ން މޮޅުވެ ތާވަލްގެ އެއްވަނައިގައި ވާދަވެރި ބާސެލޯނާ 70 ޕޮއިންޓާއެކު ކުރީގައި އޮތްއިރު ރެއާލަށް ދެވަނަ ލިބެނީ 66 ޕޮއިންޓާއެކުއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow