ފަހު ވަގުތު ލިވަރޕޫލް ސަލާމަތްކޮށްދިނީ ވެންޑައިކް، ޗެލްސީއަށް ޕޮއިންޓެއް
ލަނޑުޖެހުމަށްފަހު ވެންޑައިކް އުފާފާޅުކުރަނީ

ފަހު ވަގުތު ލިވަރޕޫލް ސަލާމަތްކޮށްދިނީ ވެންޑައިކް، ޗެލްސީއަށް ޕޮއިންޓެއް

2 days ago - 23:03
Apr 13, 2025 - 23:05

އިނގިރޭސި ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހު ވެސްހެމް ޔުނައިޓަޑް އާ ބައްދަލުކުރި މެޗުގައި ފަހުވަގުތު ވެންޑައިކް ކާމިޔާބުކޮށްދިން ގޯލާއެކު ލިވަޕޫލްއިން މެޗު ކާމިޔާބުކުރީ 2-1 ންނެވެ.

މިއާއެކު ލިވަޕޫލްއަށް ލީގު ހޯދަން ފަހަރުގާ ދެން ބޭނުންވާނީ އެންމެ މޮޅެކެވެ. މާނައަކީ އަންނަ ހަފުތާ ބަންދުގައި އާސެނަލްއިން އިން އިޕްސްވިޗް ޓާއުންއާ ދެކޮޅަށް ކުޅޭ މެޗުން އާސެނަލް ބަލިވެ, ލެސްޓަރ ސިޓީގެ މައްޗަށް ލިވަޕޫލްއިން ކުރި ހޯދައިފިނަމަ ލިވަޕޫލަށް ލީގު ކަށަވަރު ވުމެވެ.

Advertisement
Advertisement

އާދިއްތަ ދުވަހު ޗެލްސީއާއި އިޕްސްވިޗް ޓައުން އާ ބައްދަލުކުރި މެޗު 2-2 ން އެއްވަރުވެ ޕޮއިންޓަކުން ފަރުޖައްސާލަން ޗެލްސީއަށް ވަނީ ޖެހިފައެވެ. މި ނަތީޖާއާއެކު އަންނަ ސީޒަނުގައި ޗެމްޕިއަންސް ލިގުގެ ޖާގައެއް ކަށަވަރުކުރުމަށް ޗެލްސީން އިތުރު މަސައްކަތްތަކެއް ކުރަން މިވަނީ ޖެހިފައެވެ.

ލިވަޕޫލްއާއި ވެސްޓެހެމް ބައްދަލުކުރި މެޗުގެގައި ލިވަޕޫލްއަށް ލީޑު ނަގައިދިނީ 18 ވަނަ މިނިޓްގައި ލުއިސް ޑިއަޒް އެވެ. އޭނައަށް ގޯލް ޖެހުމުގައި އެހީތެރިވީ މި ހަފުތާގެ ތެރޭގައި ލިވަޕޫލްގެ އެއްބަސްވުން އިތުރު ދެއަހަރަށް އާކުރި މިޞްރުގެ ފޯވާޑް މުޙައްމަދު ޞަލާޙް އެވެ. 

ވެސްޓްހެމް އިން ނަތީޖާ އެއްވަރުކުރީ 86 ވަނަ މިނިޓްގައި ލިވަޕޫލްގެ އެންޑީ ރޮބާޓްސަން އަތުން ބައިކޮޅަށް ވައިން ގޯލާއެކުއެވެ. ނަމަވެސް ވާޖިލް ވެންޑައިކްގެ ބޮލުން ފޮނުވާލި ބޯޅަ 90 ވަނަ މިނިޓްގައި ގޯލަށް އަމާޒުވުމާއެކު ނަތީޖާ ވަނީ ފަހު ވަގުތު ލިވަޕޫލް ކޮޅަށް އެނބުރިފައެވެ. 

ލީގުގައި ބާކީ ހަ މެޗު އޮތްއިރި ލިވަޕޫލް ތާވަލްގެ ކުރީގައި އޮތީ ސާފު 13 ޕޮއިންޓާއެކުއެވެ.

ތާވަލްގެ ފަހަތުން ތިންވަނައިގައި އޮތް އިޕްސްވިޗް ޓައުންއިން އާދިއްތަ ދުވަހު ވަނީ ޗެލްސީ ހައިރާންކޮށްލާ ޗެލްސީގެ ދަނޑުގައި ފުރަތަމަ ހާފުގައި ދެ ގޯލް ކާމިޔާބުކޮށްފައެވެ. 19 ވަނަ މިނިޓްގައި ހޫލިއޯ އެންސިސޯ ލީޑު ނަގައިދިން އިރު 31 ވަނަ މިނިޓްގައި އިޕްސްވިޗްއަށް ލީޑު ފުޅާކޮށްދިނީ ބެން ޖޯންސަންއެވެ.

ޗެލްސީގެ ފުތަމަ ގޯލަކީވެސް އިޕްސްވިޗްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވައިން ގޯލެކެވެ. މެޗުގައި ޗެލްސީގެ ހަމައެކަނި ގޯލް 79 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނިކުއިން ޖޭޑޮން ސަންޗޯއެވެ. އޭގެ ފަހުން ޗެލްސީގެ އެންޒޯ ފެނާންޑޭޒް އަދި ކޯލް ޕާމާ ގޯލަށް އަމާޒުކޯށް ފޮނުވާލި ބޯޅަތައް އިޕްސްވިޗްގެ ކީޕަރު އަލެކްސް ޕާމާ ވަނީ ދިފާއުކޮށްފައެވެ.

މި ނަތީޖާ އާއެކު ޗެލްސީ މިވަގުތު އޮތީ ތާވަލްގެ ހަވަނައިގައި 32 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ފަސްވަނައިގައި 55 ޕޮއިންޓާއެކު މެންޗެސްޓަރ ސިޓީ އޮތްއިރު ހަތަރު ވަނައިގައި ނިކާސަލް ޔުނައިޓަޑް އޮތީ އެއްމެޗު މަދުންކުޅެ 56 ޕޮއިންޓާއެކުއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow