
ކޮޕާ ޑެލް ރޭ: ފެރަން ޓޮރޭސް ގެ ހެޓްރިކާއެކު ބާސެލޯނާއަށް ސެމީގެ ފަހު ޖާގާ
ބާސެލޯނާގެ ސްޕެއިންގެ ފޯވާޑް, ފެރަން ޓޮރޭސްގެ ހެޓްރިކާއެކު އެ ކްލަބުން ކޮޕާ ޑެލް ރޭ ގެ ސެމީ ފައިނަލްސްގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ. ރޭ ވެލެންސިއާ އާ ބައްދަލުކުރި މެޗު ބާސެލޯނާ ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ޓޮރޭސް ގެ ގޯލްތައް ފެނިގެން ގޮސްފައިވަނީ 3, 17 އަދި 30 ވަނަ މިނިޓްގައެވެ. ބާސެލޯނާ އަކީ 24 އަހަރުގެ ކުޅުންތެރިޔާގެ ކެރިއަރ ފެށި ކްލަބްވެސް މެއެވެ. ތިންވަނ ގޯލް ޖެހުމުގައި އޭނާ އަށް އެހީތެރިވި ރަފީނިއާވަނީ މެޗުގައި އިތުރު ގޯލެއް ކާމިޔާބު ކުރުމުގައި ވެސް އެހީތެރިވެފައެވެ.
ބާސެލޯނާގެ އިތުރު ދެ ގޯލް ކާމިޔާބުކުރީ ފާމިން ލޮޕޭޒް އަދި ލަމީން ޔަމާލްއެވެ. ކައުންޓާރ އެޓޭކުގައި 23 ވަނަ މިނިޓްގައި ޕެޑްރީ ތަނަވަސްކޮށްދިން ފުރުޞަތުގައި ލޮޕޭޒް ގެ ގޯލް ކާމިޔާބުކުރިއިރު ލަމީން ޔަމާލްގެ ގޯލް ފެނުނީ މެޗުގެ 59 ވަނަ މިނިޓްގައެވެ.
ބުރާސްފަރި ދުވަހު ސެމީގެ ތިންވަނަ ޖާގަ ރެއާލް ސޮސިއެޑާޑުން ހޯދީ ދިހަ ކުޅުންތެރިންނާއެކު ކުޅުނު އޮސަސޫނާ ފަސޭހަކަމާއެކު 2-0 ން ބަލިކޮށްގެންނެވެ. ސެމީގައި އޮސަސޫނާ އާއި ބާސެލޯނާ އާއެކު ދެން ފެނިގެންދާނީ ރެއާލް މެޑްރިޑާއި އެތްލެޓިކޯ މެޑްރިޑެވެ.
ރިއެކްޝަންސް






