
ދެ ބޯޑަކުން ޝާމީ ވަކިކޮށްފި
ދެ ކުންފުންޏެއްގެ ބޯޑް މެމްބަރު ކަމުން މުޙައްމަދު ޝާމީ އާދަމް މިއަދު ވަކިކޮށްފިއެވެ.
ޝާމީ ވަކިކުރީ އޭނާ އަދާކުރައްވަމުން ގެންދެވި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ޗެއަރމަން ކަމުންނާއި, އެކުންފުނީގެ ބޯޑު މެމްބަރު ކަމުންނެވެ. އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް. ލިމިޓެޑްގެ ބޯޑް މެމްބަރު ކަމުންނެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ހަމައެކަނި ބުނީ އެދެބޯޑުން ވެސް ޝާމީ ވަކިކުރެއްވި ކަމަށެވެ. ސަބަބެއް ނުބުނެއެވެ.
ރިއެކްޝަންސް






