ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒު އުފައްދައިފި

ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒު އުފައްދައިފި

މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަ އެންޑް ހެރިޓޭޖްގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި، 'ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒު'ގެ ނަމުގައި  ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އާ އިދާރާއެއް އުފައްދަވައިފި

6 months ago - 07:28
Jan 19, 2024 - 14:42

މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަ އެންޑް ހެރިޓޭޖްގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި، 'ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒު'ގެ ނަމުގައި  ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އާ އިދާރާއެއް އުފައްދަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރީ ދިވެހި ގައުމިއްޔަތު އާލާކުރުމުގެ ގައުމީ ނިޒާމުގެ ތެރެއިން ދިވެހި ބަހާއި ތާރީހާއި ސަގާފަތާއި ތަރިކަ އާއި އާދަކާދަތަކާއި ގައުމިއްޔަތުގެ އިލްމެއް އުފަންކޮށް ދިރުވައި އާލާކުރުމަށް ކަމުގައިއެވެ. އަދި ގައުމީ ރޫހު އާލާކޮށް އާންމުކޮށް ދިވެހިންގެ މެދުގައި ގައުމިއްޔަތުގެ އިލްމާއި ވިސްނުން އުފެއްދުމުގެ މަސައްކަތުގައި ކަމަށެވެ.

މިހާރު ހިންގަމުން އަންނަ ކޮލެޖްތައް ހިންގާ ގޮތަށް ވުރެ ބޮޑަށް، 'ޑޯމެއިން ލީޑާޝިޕް' ކޮލެޖަކަށް ވެގެން ދާނެއެވެ. ހާސިލްކުރަން ބޭނުންވާ ކަމަކީ، ގައުމިއްޔަތުގެ އިލްމު ދިވެހިންގެ ތެރޭގައި އުފައްދައި، ގައުމިއްޔަތާ މެދު ހޭލުންތެރި ޖީލެއް ބިނާކުރުމުގެ މަސައްކަތް ކުރުން ކަމުގައި ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ޒަމާނުގައި އެކި މީޑިއަމްތަކުގެ އޯޑިއޯއާއި ވީޑިއޯ އަދި ޕޮޑްކާސްޓް ފަދަ ޒަމާނީ ވަސީލަތްތަކުގެ ތެރެއިން ޒަމާނީ އުފެއްދުންތައް ވެސް ދިރާސާތަކުގެ އަލީގައި ޝާއިއުކުރާނެކަމަށެވެ.

މި ތިން އިދާރާ އުފެއްދުމުގެ އިތުރުން، ގައުމިއްޔަތު ކުރިއަރުވަން، މި ފެށޭ ދިރާސީ އާ އަހަރު ސްކޫލުތަކުގައި ކިޔަވައިދޭ މާއްދާތަކުގެ ތެރެއަށް ގައުމިއްޔަތު މާއްދާ އިތުރުކޮށް ކިޔަވައިދޭން ފަށަން ވެސް އަންނަނީ ތައްޔާރުވަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow