ފްރީޑަމް ފްލޮޓީލާ ކޯލިޝަންގެ ބޯޓް 'ހަންޑަލާ" އިންސާނީއެހީއާއެކު ޣައްޒާއަށް ދިއުމަށް ފުރައިފި
ހަންޑަލާ, އިޓަލީގެ ސިރަކޫށާ ބަނދަރުގައި ފުރުމަށް ތައްޔާރުވެފައި. ފޮޓޯ: އެފްއެފްސީ

ފްރީޑަމް ފްލޮޓީލާ ކޯލިޝަންގެ ބޯޓް 'ހަންޑަލާ" އިންސާނީއެހީއާއެކު ޣައްޒާއަށް ދިއުމަށް ފުރައިފި

13 hours ago - 00:29
Jul 14, 2025 - 05:49

އިންސާނީއެހީ އާއެކު އިންސާނީއްޔަތުކަމުގެ މެސެޖު ހިފައިގެން ފްރީޑަމް ފްލޮޓީލާ ކޯލިޝަން (އެފްއެފްސީ) ގެ ބޯޓެއް އަނެއްކާވެސް ޣައްޒާގެ ބްލޮކޭޑްއާ ޗެލެންޖް ކުރުމުގެ އަޒުމުގައި މިއަދު ފުރައިފިއެވެ. 'ހަންޑަލާ" ގެ ނަމުން ނަން ދީފައިވާ މި ބޯޓު މިއަދު މެންދުރު ފަހު ފުރާފައިވަނީ އިޓަލީގެ ސިސިލީގެ ސިރަކޫސާ ބަނދަރުންނެވެ.

މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް ޣައްޒާއަށް ދިއުމަށް އިޓަލީން ބޯޓް ފުރިއިރު ބޯޓްގައި 15 ކްރޫން ތިއްބެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި, ނޫސްވެރިންވެސް ހިމެނެއެވެ. ދަތުރުގެ ތެރެއިން ފްރާންސްގެ އިތުރު ތިން ބައިވެރިއަކު ގުޅުމަށް ހަމަޖެހިފައިވާއިރު މިފަހަރުގެ ދަތުރުގައި ބައިވެރިވާ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތު އަދި ލިބިފައެއް ނުވެއެވެ. 

"މި މިޝަން އަކީ ޣައްޒާގެ ކުޑަކުދިންނަށްޓަކައި ކުރިއަށްގެންދާ މިޝަނެއް. އިންސާނީއެހީއަށް ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން; ޣައްޒާ ބްލޮކޭޑް ފުނޑާލުން. އަދި ޤަތުލްއާންމުގެ ހިމޭންކަން ނިމުމަކަށް ގެނައުން" ފާރްންސްއިން މިޝަން އާ ގުޅުމަށް ހަމަޖެހިފައިވާ ގެބްރިއެލާ ކެތާލާ ބުނެފައި ވެއެވެ.

އެފްއެފްސީގެ ބޯޓް 'މެޑްލީން' ވެސް ވަނީ މީގެ މަހެއްކުރިން ހަމަ މި މިޝަންގައި އިޓަލީން ފުރައިގެން މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް ޣައްޒާ 200 އެއްހާ މޭލު ކައިރިއަށް ދަތުރުކުރި ފަހުން އިޒްރާއިލް އިންވަނީ ބޯޓަށް އަރައިގަނެ އޭގެން ދަތުރުކުރި 12 ފަޅުވެރިން ވަގަށްނަގާފައެވެ. އެހުރިހާ އެންމެން އެމީހުންގެ ނުރުހުމުގައި އިޒްރާއިލްއަށް ގެންދިއުމަށްފަހު ފަހުން ވަނީ އެމީހުން އިޒްރާއިލްއަށް ހުއްދަ ނުހޯދާ އެތެރެވާން އުޅުމުގެ ކުށުގައި ޑީޕޯޓްކޮށްފައެވެ. 

Advertisement
Advertisement

ހަންޑަލާ މިއަދު ފުރިއިރު ސިރަކޫސާގެ ބަނދަރުގައި ފަލަޞްޠީނުގެ ދިދަ އާއި ފަލަޞްޠީނުގެ މަޝްހޫރު ކުފޭޔާ އަޅައިގެން ގިނަ އަދަދެއްގެ ބަޔަކުވަނީ ބޯޓާ ވަދާއުކިޔާފައެވެ. އެއްވެފައިވާ މީހުން އަޑުހަރުކޮށް "ފަލަޞްޠީން މިނިވަަންކުރޭ" ގޮވަމުންދިޔައެވެ.

ބެލެވޭ ގޮތުގައި ޣައްޒާއަށް ދިއުމަށްޓަަކައި ހަންޑަލާ 1800 ކިލޯމީޓަރު (1120 ނޯޓިކަލް މޭލް) ގެ ރާސްތާއެއް މެޑިޓެރޭނިއަން ކަނޑުގައި ކަޑައްތުކުރާނެއެވެ. ފްރާންސްގެ ބައިވެރިން ހަންޑަލާ އާ ގުޅޭނީ އިޓަލީގެ އިރުދެކުނު ގެލިޕޯލީ ބަނދަރުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow