ޓޮޓްނަމްއިން ލިވަޕޫލްގެ މައްޗަށް ކޮންޓްރޯލް ނެގުން, ފަހު ވަގުތު ސަލާމަތްކޮށްދިނީ ބާގްވަލް
ކަރަބޯ ކަޕްގެ ސެމީފައިނަލްގެ ދެވަނަ މެޗުގެ ފުރަތަމަ ލެގުގައި ޓޮޓްނަމްއިން ލިވަޕޫލްގެ މައްޗަށް ކުރިހޯދައިފިއެވެ. ޓޮޓްނަމްގެ ދަނޑުގައި ކުޅުނު މެޗުން ޓީމު ސަލާމަތްކޮށްދިނީ މެޗު ނިމެންދަނިކޮށް 18 އަހަރުގެ ލޫކަސް ބާގްވަލް އެވެ.
86 ވަނަ މިނިޓްގައި ސްވިޑަންގެ ކުޅުންތެރިޔާ މި ގޯލް ކާމިޔާބުކުރީ ޑޮނިމިކް ސޮލާންހޭ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. ސްޕަރސް ގެ ޕްޑްރޯ ޕޮރޯ އަށް އޭގެކުރިން ރަނގަޅު ފުރުޞަތެއް ލިބި ވަނީ ބޭކާރުވެފައެވެ. އަދި 77 ވަނަ މިނިޓްގައި ޑިމިނިކް ސޮލާންކޭ ގޯލެއްކާމިޔާބުކުރިނަމަވެސް އެނާހުރީ ހުރީ އޮފްސައިޑް ޕޮޒިޝަން އެއްގައި ކަމުން ވީއޭއާރުން ވަނީ ގޯލް ބަލައި ނުގެންފައެވެ.
ރޭގެ މެޗުގެ ވަރަށް ކުރީކޮޅު ޓޮޓްނަމްގެ މިޑްފީލްޑަރ ރޮޑްރީގޯ ބެންޓަންކޫރް ގެ ބޮލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އެނާވަނީ ސްޓްރެޗަރ ގައި ދަނޑުންބާލާ އަވަސް ފަތުރުވާއަށް ވަގުތުން ހޮސްޕިޓަލްއަށް ގެންގޮސްފައެވެ.
މެޗަށް ވަރުގަދަ ސްކޮޑަކާއެކު ނިކުއިން ލިވަޕޫލްއަށް މާއެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު ގޯލެއްކާމިޔާބުކުރަން މާފަހި ފުރުޞަތެއްވެސް ތަނަވަސްކުރެވިފައެއް ނުވެއެވެ. ލިވަޕޫލް އަށް ގޯލެއް ޖެހުމާ އެންމެ ކައިރިއަށްވެސް ލިބުނު ފުރުޞަތަކީ ޓްރެންޓް އަލަކެސެންޑަރ އާނޯލްޑް ބަދަލުކުރުމުގެ ކުރިން އޭނާއަށް ލިބުނު ފުރުޞަތެވެ.
ސެމީ ފައިނަލްގެ ދެވަނަ ލެގު އޮންނާނީ 6 ފެބުރުވަރީ ވާ ބުރާސްފަތި ދުވަހު ލިވަޕޫލްގެ ދަނޑުގައެވެ.
ރިއެކްޝަންސް