ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމްގެ ދަށުން ލޯނު ދޫކުރުމަށް ބީއެމްއެލް އާއެކު ސޮއިކޮށްފި

ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމްގެ ދަށުން ލޯނު ދޫކުރުމަށް ބީއެމްއެލް އާއެކު ސޮއިކޮށްފި

5 hours ago - 14:10
Jun 24, 2025 - 14:13

ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމްގެ ދަށުން ލޯނު ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އއިން ބޭންކް އޮފް މޯލްޑިވްސްއާއެކު އެއްބަސްވުމުގައި ސޮއިކުރީ މިއަދުއެވެ. މި އެއްބަސްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއްކަމުގައިވާ ބޯހިޔާވެހިކަން %5 ޕްރޮފިޓް ރޭޓުގައި ބޭންކުތައް މެދުވެރިކޮށް މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުމެއްކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުالله މުއްޠަލިބްއެވެ. ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ. އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްއެވެ. މިސްކީމްގެ ދަށުން ލޯނު ހޯދަން 2256 މީހަކު ވަނީ ހުށަހަޅާފައެވެ. އެފަރާތްތަކުން ޝަރުތު ހަމަވޭތޯ ބެލުމުގެ މަސައްކަތް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ފަށާފައެވެ.

ގެދޮރުވެރިކަމަށް ކުޑަ އިންޓަރެސްޓެއްގައި ލޯނު ދޫކުރުމަކީ ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow