
ގައުމީ ޤުރުއާން މުބާރާތް ފަސްކޮށްފި
ގައުމީ ޤުރުއާން މުބާރާތް ފަސްކޮށްފި
އަންނަ މަހު ބާއްވަން އޮތް ގައުމީ ޤުރުއާން މުބާރާތް ފަސްކޮށްފިއެެވެ.
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ބުނީ މުބާރާތް ފަސްކުރަން ނިންމީ، ގިނަ ދަރިވަރުންނަށް ގައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށް ދިނުމަށްޓަކައި ކަމަށެވެ.
އެގޮތުން މުބާރާތް ފަސްކުރީ ބައިވެރިވުމުގެ މުއްދަތު އިތުރުކޮށް ދީފަ އެވެ. އެގޮތުން މިހާރު ވަނީ މުބާރާތުގެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މި މަހުގެ 22 އާ ހަމައަށް އިތުރުކޮށްފަ އެވެ. ބައިވެރިވާން ކުރިން ދިން މުއްދަތު ހަމަވީ އިއްޔެ އެވެ.
މި އަހަރު ބާއްވާ 36 ބަނަ ގައުމީ ޤުރުއާން މުބާރާތް ކުރިން ބާއްވަން އޮތީ އަންނަ މަހުގެ 23 އިން މާޗް 2 އާ ހަމައަށެވެ. ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ މުބާރާތް ބާއްވާނެ އާ ތާރީހެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ބޭއްވި 35 ވަނަ މުބާރާތުގައި 121 މުއައްސަސާއަކުން 1،022 ބައިވެރިން ވާދަކުރިއެވެ.
ގައުމީ ޤުރުއާން މުބާރާތަކީ 1981 އިން ފެށިގެން އިސްލާމިކް މިނިސްޓްރީން ދީނީ ގޮތުން ބާއްވަމުން އަންނަ އެންމެ ބޮޑު ހަރަކާތެވެ.
ރިއެކްޝަންސް






