
މަގާމުން ވަކިކުރެއްވި އިމިގްރޭޝަން ކޮންޓްރޯލަރ ހައްޔަރުކޮށްފި
މަގާމުން ވަކިކުރެއްވި އިމިގްރޭޝަން ކޮންޓްރޯލަރ ހައްޔަރުކޮށްފިއެވެ. ފުލުހުން މިރޭ އޭނާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.
ފުލުހުން މިރޭ ވިދާޅުވީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމްގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިފޭސީ މަސައްކަތްތެރިން އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމަށް ތުހުމަތުކުރެވޭ ކުރެވޭ މައްސަލައާ ގުޅޮގެން ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަހީދު ކޯޓް އަމުރެއްގެ ދަށުން މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ ޝަމްޢާން ވަޙީދު ދިރިއުޅޭ ގެ ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ރިއެކްޝަންސް






