ދާންދޫ މަގުމަތިން މަރުވެފައި އޮތް ޒުވާނަކު ފެނިއްޖެ
ހަށިގަނޑު ފެނުނު ސަރަހައްދުގައި ޓޭޕް ދަމާފައި: ފޮޓޯ-އަމާޒު މީޑިޔާ

ދާންދޫ މަގުމަތިން މަރުވެފައި އޮތް ޒުވާނަކު ފެނިއްޖެ

1 year ago - 11:19
Dec 7, 2024 - 11:40
Advertisement
Advertisement

ގއ.ދާންދޫ މަގުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

މަރުވެފައި އޮތް މީހަކު ފެނުނީ އެރަށު އިންޖީނުގެެއާ ދިމާ މަގުމަތިން މިއަދު ހެނދުނުއެވެ. މަރުވެފައި އޮއްވާ ފެނުނީ އެރަށު ނަގަހެލަ 33 އަހަރުގެ އަހުމަދު އަބްދުالله އެވެ.

މިކަން އެރަށު ކައުންސިލްގެ ރައީސް އާސިފް ވަނީ ޔަގީންކޮށްދެއްވަފައެވެ. ހަށިގަނޑު މިވަގުތު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ފުލުހުންގެ ފޮރެންސިކް ޓީމެއް އެރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އޭނާ މަރުވާން ދިމާވި ސަބަބެއް އަދި ސާފެއް ނުނެވެ. ހަށިގަނޑު ފެނުނީ ހެނދުނު 8:10 ހާއިރު ކަމަށް މައުލުމާތު ލިބެއެވެ.  ހަށިގަނޑު އެރަށު ޞިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް އެރަށު ޞިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement