ސްޓެލްކޯއިން ކުޑަކުދިންގެ ހަވީރެއް ބާއްވަނީ
ކުޑަކުދިންގެ ހަވީރު އޮންނާނީ ސްޓެލްކޯ ބިޒްނަސް ސެންޓަރުގައި

ސްޓެލްކޯއިން ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

ކުޑަކުދިންގެ ހަވީރު އޮންނާނީ އަންނަ ހުކުރު ދުވަހު

1 year ago - 14:44
Dec 5, 2024 - 14:45
Advertisement
Advertisement

އަންނަ ހުކުރު ދުވަހު ކުޑަކުދިންގެ ހަވީރެއް ބާއްވަން ސްޓެލްކޯއިން ތައްޔާރުވެއްޖެ އެވެ.

ސްޓެލްކޯއިން ކުޑަކުދިންގެ ހަވީރެއް ބާއްވަނީ ވޭތުވެދިޔަ 6 މަސްދުވަހު އެ ކުންފުނީގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތްކޮށް، ސްޓެލްކޯ ބިޒްނަސް ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތް ވަރަށް ފުރިހަމައަށް ނިންމާފައިވާތީ، އެ މުވައްޒަފުންގެ ހިތްވަރާއި ޖޯޝާއި މަސައްކަތުގެ ނަމޫނާ އަޙުލާޤު ފާހަގަކޮށް، އެ މުވައްޒަފުންގެ ހުނަރުވެރިކަން އެ މުވައްޒަފުންގެ ޢާއިލާތަކަށް ދައްކާލުމަށް ކަމަށް ސްޓެލްކޯއިން ބުންޏެވެ. ކުޑަކުދިންގެ ހަވާރު ބާއްވަނީ ސްޓެލްކޯ މުވައްޒަފުންގެ ޢާއިލާތަކުގެ ކުޑަކުދިންގެ އިތުރުން ހުރިހާ ކުޑަކުދިންނަށް ހުޅުވާލައިގެން ކަމަށް އެކުންފުނިން ބުންޏެވެ.

ކުޑަކުދިންގެ ހަވީރު އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު 16:00 އިން 18:00 އަދި ރޭގަނޑު 20:00 އިން 21:30 އަށް ސްޓެލްކޯ ބިޒްނަސް ސެންޓަރު އިމާރާތުގައެވެ. ސްޓެލްކޯއިން އިންނަނީ އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ ކަންކަމުގައި ބައިވެރިވެ, މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement