މެންބަރު ޝުޖާއު އެސްއޯއީ ކޮމިޓީން ވެސް ވަކިކޮށްފި
ބާރަށު ދާޢިރާގެ މެމްބަރ އިބްރާހިމް ޝުޖާޢު / ފޮޓޯ: މަޖިލިސް

މެންބަރު ޝުޖާއު އެސްއޯއީ ކޮމިޓީން ވެސް ވަކިކޮށްފި

6 hours ago - 10:16
Aug 5, 2025 - 10:20
Advertisement
Advertisement

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކަންކަން ބަލާ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން މިއަދު ވަކިކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާންކުރެއްވީ ޝުޖާއުގެ ބަދަލުގައި އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އެސްއޯއީ ކޮމިޓީއަށް ހަމަޖައްސާފައިވާ ކަމަށެވެ.

ޝުޖާއު މި ކޮމިޓީން ދުރުކޮށްފައި މިވަނީ، އޭނާގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކުރެވުނު މުއާމަލާތްތަކާ ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ތައްޔާރުކުރި ރިޕޯޓާ ގުޅޭ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. ޝުޖާއު ވަނީ މާލިއްޔަތު ކޮމިޓީން ވެސް ވަކިކޮށް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ބަދަލުކުރެވިފަ އެވެ. މިފަދަ ބަދަލުތައް ގެންނަނީ މެންބަރު ނިސްބަތްވާ ސިޔާސީ ޕާޓީން އެދިގެންނެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެފްއައިޔޫގެ ރިޕޯޓާ ގުޅޭ މައްސަލަ ބަލަމުން އަންނަކަން ފުލުހުން ވަނީ ބުނެފަ އެވެ. ޝުޖާއު އެ ރިޕޯޓުގެ ސައްހަކަމާ މެދު ސުވާލު އުފެއްދެވި ނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ މި މައްސަލަ މިދިޔަ އަހަރުން ފެށިގެން އަމިއްލަ އިސްނެގުމުގެ މަތިން ބަލަމުންދާ ކަމަށް ޔަގީންކޮށްދީފަ އެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement