މޫސުން އިތުރަށް ގޯސް, މިހާރު ޔެލޯ އެލާޓް
މޫސުން ވަރަށް ގޯސް

މޫސުން އިތުރަށް ގޯސް, މިހާރު ޔެލޯ އެލާޓް

ޔެލޯ އެލާޓް ނެރުނީ އުތުރަށް

4 hours ago - 09:54
Aug 5, 2025 - 09:54
Advertisement
Advertisement

މޫސުން އިތުރަށް ގޯސްވެ މޫސުމާބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ އުތުރަށް ޔެލޯ އެލާޓް ނެރެފިއެވެ.

ޔެލޯ އެލާޓް ނެރުނީ ހއ އަތޮޅުން ފެށިގެން ކ.އަތޮޅާ ދެމެދަށެވެ. މިއެލާޓް މިއަދު މެންދުރު 1:30 އާ ހަމައަށް ދެމިއޮންނާނެއެވެ. އެވަގުތު ތަކުގައި ގަޑިއަކު 25-30 މޭލަށް ވައިގަދަވެ, ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

އއ.އަތޮޅުން ލ. އަތޮޅަށް ނެރެފައިވަނީ ވައިޓް އެލާޓެވެ. އެހިސާބަށް ގަޑިއަކު 19-24 މޭލަށް ވައިގަދަވެ, ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ. ކަނޑުތައް އެސަރަހައްދަށްވެސް ގަދަވާނެއެވެ.

މޫސުން ރަނގަޅުވާން ފަށާނީ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement