
މެންޗެސްޓަރ ސިޓީން ރުބެން ޑިއަޒް އާއެކު ދިގުމުއްދަތުގެ އެއްބަސްވުމަކަށް ދަނީ: މަސްދަރު
މެނެޗެސްޓަރ ސިޓީއަށް ކުޅޭ ޕޯޗުގަލްގެ ސެންޓަރ ބެކް, ރުބެން ޑިއަޒް އާއެކު ކްލަބުން ދިގުމުއްދަތުގެ އެއްބަސްވުމަކަށް އައިސްފައިވާކަމަށް މަސްދަރުތައް ބުނެފިއެވެ.
ޑިއަޒް މިހާރު ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އޮތީ 2027 އާ ހަމައަށެވެ. ނަމަވެސް ސިޓީން ބޭނުންވަނީ ވީހާވެސް އަވަހަށް ކުޅުންތެރިޔާއާއެކު ދިގު މުއްދަތުގެ އެއްބަސްވުމަކަށް ދާންކަމަށް މަސްދަރުތަކާ ހަވާލާދީ ކުޅިވަރުގެ ހަބަރުތައް ގެނެސްދޭ އީއެސްޕީއެންގައި ބުނެފައި ވެއެވެ.
މަސްބަރުތަކާ ހަވާލާދީ އެނޫހުގއި ބުނެފައި ވާގޮތުން ސިޓީ އަދި ޑިއަޒްގެ ފަރާތުންވެސް މަޝްވަރާތަކުގައި ބައިވެރިވާ ފަރާތްތަކުން އުސޫލީ އެއްބަސްވުމަކަށް މިހާރު ވަނީ އާދެވިފައެވެ. ހަމައެކަނި ބާކީ އޮތީ އެއްބަސްވުމުގެ މާއްދާތައް ނިންމާލުމެވެ.
2020 ގައި ބެންފީކާއިން ސިޓީ އާ ގުޅުނު ޑިއަޒް އަކީ ކޯޗު ޕެޕް ގާޑިއޯލާގެ ގޭމްޕްލޭންގެ މުހިންމު ކުޅުންތެރިއެކެވެ. ސިޓީއަށް މިހާތަނަށް 200 އަށްވުރެ ގިނަ ަމެޗު ކުޅެދީފައިވާ ޑިއަޒް ވަނީ ޕްރިމިއަރ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް 2021 ގައި ހޯދާފައެވެ.
ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެއްބަސްވުން ހަމަވާ ގިނަ ކުޅުންތެރިންތަކެއް ސިޓީގައި އެބަތިއްބެވެ. އޭގެ ތެރޭގައި އިކާއި ގުންޑޮގަން, ޖޯން ސްޓޯންސް އަދި ބެނާޑޯ ސިލްވަރ ވެސް ހިމެނޭ އިރު މިކުޅުންތެރިންގެ އެެއްބަސްވުމުގައި ބާކީ އޮތީ އެންމެ އަހަރެެކެވެ.
ރޮޑްރީ, ފިލް ފޯޑެން, މަޓެއޯ ކޮވަސިޗް, ނޭތަން އާކޭ, ޖެކް ގްރީލިޝް އަދި މެނުއެލް އަކާންޖީ ވެސް ގުނަމުންދަނީ އެކުޅުންތެރިންގެ އެއްބަސްވުމުގެ ފަހު އަހަރުތަކެވެ.
މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން އާލިންހާލަންޑަށް ފަހު ރުބެން ޑިއަޒް އަކީ ދިގު މުއްދަތަކަށް ސިޓީގެ އެއްބަސްވުން އާކުރާ ދެވަނަ ކުޅުންތެރިޔާއެވެ. ހާލަންޑް ޖެނުއަރީ މަހު ވަނީ 2034 އާ ހަމައަށް އެއްބަސްވުން އާކޮށްފައެވެ.
މަސްދަރުތައް ބުނާގޮތުން ރުބެން ޑިއަޒްގެ އެއްބަސްވުން އާކުރުމަށްފަ ސިޓީގެ އަމާޒު ހުރީ ރޮޑްރީ އަދި ފޯޑެންގެ އެއްބަސްވުންވެސް ދިގު މުއްދަތަކަށް އާކުރާށެވެ.
ރިއެކްޝަންސް






