76 ޕޮއިންޓް ލިބުނު ފަރާތްތަކެއް ތިއްބާ 75 ލިބުނު ބައެއް މީހުންނަށް ފްލެޓް!
ހިޔާ ފްލެޓްތައް

76 ޕޮއިންޓް ލިބުނު ފަރާތްތަކެއް ތިއްބާ 75 ލިބުނު ބައެއް މީހުންނަށް ފްލެޓް!

އެކަން ހައްލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން

3 hours ago - 18:20
Aug 4, 2025 - 18:20
Advertisement
Advertisement

76 ޕޮއިންޓް ލިބުނު ފަރާތްތަކެއް ތިއްބާ 75 ލިބުނު ބައެއް މީހުންނަށް ފްލެޓް ލިބޭ މައްސަލައެއް ފެންމަތިވެ އެކަން ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ބަލަން ފަށައިފިއެވެ. އެވުޒާރާއިން މިއަދު ނެރުނު ބަޔާނުގައި ބުނީ 76 އަށްވުރެ މަތިން ޕޮއިންޓް ލިބުނު މީހުންނށް 3 ކޮޓަރީގެ އެޕާރޓްމަންޓް ލިބޭނެކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި ނަމަވެސް އެއަދަދަށް ޕޮއިންޓް ލިބުނު ބަޔަކަށް ފްލެޓް ނުލިބި 75 ޕޮއިންޓް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ފްލެޓް ކަނޑައަޅާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އުސޫލުގައިވާ ގޮތުން 75 ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލާން ޖެހެނީ 76 ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް ފްލެޓް ދިނުމަށްފަހު އެވެ.

މިދިޔަ ސަރުކާރުން ކަނޑައެޅީ 76 ޕޮއިންޓަށްވުރެ މަތިން ލިބިފައިވާ ފަރާތްތަކަށް 3 ކޮޓަރި އަދި 73 ޕޮއިންޓަށްވުރެ މަތިން ލިބުނު ފަރާތްތަކަށް 2 ކޮޓަރީގެ ފްލެޓް ލިބޭނެ ކަމަށެވެ. މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ 75 ޕޮއިންޓް ލިބިގެން ގުރުއަތުން ހޮވި ފްލެޓް ކަނޑައަޅާފައިވާ ފަރާތްތަކަށް ފްލެޓް ދިނުމުގެ ކަންކަން މަޑުޖައްސާލުމަށްފަހު 76 ޕޮއިންޓް ލިބުނު ފަރާތްތަކުގެ ކަންކަން ހައްލުކުރަމުންދާ ކަމަށެވެ. 75 ޕޮއިންޓް ލިބުނު ފަރާތްތަކުގެ ފްލެޓާ ގުޅޭ ކަންކަން ކުރިއަށް ގެންދާނީ އޭގެފަހުން ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ފްލެޓް ލިބޭ ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު ކުރިއަށް އެބަގެންދެއެވެ. ސޮއިކުރަނީ މިނިސްޓްރީން ލިސްޓް ފޮނުވަމުންދާ ވަރަކުންނެވެ. ފްލެޓް ލިބޭ އެންމެންގެ ނަން މިނިސްޓްރީން އަދި އެފްޑީސީއަށް ނުފޮނުވައެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement