މިއަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިއްޖެ

މިއަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިއްޖެ

1 hour ago - 10:31
Advertisement
Advertisement

މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 1.05 ބިލިޔަން ރުފިޔާއަށް އަރައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރުވުމެކެވެ.


މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް ގްރީން ޓެކުހުގެ ގޮތުގައި 1.05 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 959 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ.


ތަފާސްހިސާބުތައް ދައްކާގޮތުން މަހުން މަހަށް ބަލާއިރު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖަނަވަރީ މަހުއެވެ. ނަމަވެސް، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރަށް ބަދަލު އައުމާ ގުޅިގެން، މޭ މަހު ލިބުނު އާމްދަނީ ވަނީ ދަށްވެފައެވެ.


މިއަހަރުގެ ފުރަތަމަ ފަސް މަހު ގްރީން ޓެކްސް ލިބުނު ގޮތް:

ޖަނަވަރީ: 221,796,366 ރުފިޔާ
ފެބުރުވަރީ: 200,361,400 ރުފިޔާ
މާރިޗު: 312,371,989 ރުފިޔާ
އެޕްރީލް: 185,262,216 ރުފިޔާ
މޭ: 138,600,842 ރުފިޔާ

ގްރީން ޓެކުހަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ މަގްސަދުގައި 2016 ވަނަ އަހަރުން ފެށިގެން ނަގަން ފެށި ޓެކުހެކެވެ. މި ޓެކްސް ނަގަނީ ރާއްޖޭގެ ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ފަތުރުވެރި އުޅަނދުފަހަރުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަތުންނެވެ.


މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން، ރިސޯޓުތަކާއި ސަފާރީތަކުގެ އިތުރުން ހޮޓާތަކުގައި މަޑުކުރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން ދުވާލަކަށް 12 ޑޮލަރު ނަގައެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަތުން ނަގަނީ ދުވާލަކަށް 6 ޑޮލަރެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement