ވޭތުވެދިޔަ ހަފުތާގައި ސިއްހީ އަވަސް ފަރުވާއަށް 71 މީހަކު އެމްއެންޑީއެފުން އުފުލައިދީފި
ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ސިއްހީ އަވަސް ފަރުވާ ބޭނުންވި 71 މީހަކު އެއް ރަށުން އަނެއް ރަށަށް އުފުލައިދީ، މެޑިކަލް އިވެކުއޭޝަންގެ ކާމިޔާބު އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަންތަކަކީ ކޯސްޓްގާޑް ސްކޮޑްރަންތަކާއި ސީއެމްބިއުލާންސް ގުޅިގެން ހިންގާފައިވާ ހަރަކާތްތަކެކެވެ. މީގެ ތެރެއިން އެންމެ ގިނަ އިވެކުއޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިންނެވެ.
ސްކޮޑްރަންތަކުން އިވެކުއޭޝަން ކުރިއަށް ގެންދިޔަ ގޮތް:
ފަސްޓް ސްކޮޑްރަން: 48 މެޑިކަލް އިވެކުއޭޝަން
ސެކަންޑް ސްކޮޑްރަން: 3 މެޑިކަލް އިވެކުއޭޝަން
ތާޑް ސްކޮޑްރަން: 13 މެޑިކަލް އިވެކުއޭޝަން
ފޯތު ސްކޮޑްރަން: 6 މެޑިކަލް އިވެކުއޭޝަން
ސީ އެމްބިއުލަންސް (E9 54): 1 މެޑިކަލް އިވެކުއޭޝަން
ކުއްލި ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބޭ ބަލިމީހުން، އެކަށީގެންވާ ސިއްހީ ފަރުވާ ލިބޭނެ މަރުކަޒުތަކަށް ވީ އެންމެ އަވަހަކަށް ފޯރުކޮށްދިނުމަކީ ކޯސްޓްގާޑުން މެދުނުކެނޑި ފޯރުކޮށްދެމުންދާ މުހިންމު ހިދުމަތެކެވެ. މި ހިދުމަތުގެ ދަށުން ކޮންމެ ހަފުތާއަކުވެސް ގިނަ އަދަދެއްގެ ބަލިމީހުން އުފުލައިދެމުންދާކަން ފާހަގަކުރެވެއެވެ.
ރިއެކްޝަންސް





