ގޭހުގެ މައްސަލައަށް އަވަސް ހައްލެއް ލިބިގެންދާނެ: އެސްޓީއޯ

ގޭހުގެ މައްސަލައަށް އަވަސް ހައްލެއް ލިބިގެންދާނެ: އެސްޓީއޯ

17 hours ago - 11:18
Advertisement
Advertisement

ދުނިޔޭގެ ބާޒާރުގެ ސަޕްލައި ޗެއިންއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅިގެން، ކައްކާ ގޭސް ލިބުމުގައި ދިމާވެފައިވާ ދަތިތަކުގެ އަސަރު ދިވެހިރާއްޖެއަށް ވެސް ވަނީ ފޯރާފައެވެ. މިކަމާއި ގުޅިގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހާމަކުރި ގޮތުގައި، މި މައްސަލަ ހައްލުކޮށް އާންމު ހާލަތަކަށް ރުޖޫއަވުމަށް ކުރަންޖެހޭ މަސައްކަތްތައް އެ ކުންފުނިން ދަނީ ކުރަމުންނެވެ. އަދި ކުރިއެކޭ އެއްގޮތަށް ގޭބިސީތަކަށް ބޭނުންވާ ގޭސް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.


މިކަމާ ގުޅޭގޮތުން އެސްޓީއޯ އިން އިތުރަށް ބުނީ، ސަޕްލައި ޗެއިންއަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ގޭސް އެތެރެކުރާ ފަރާތްތަކާ ގުޅިގެން ގޭސް ވިއްކުން ކޮންޓްރޯލް ކުރުމަކީ މީގެ ކުރިން ވެސް މިފަދަ ހާލަތްތަކުގައި އަމަލުކުރާ އުސޫލެއް ކަމަށެވެ. އަދި އަންނަ ހަފުތާ ތެރޭގައި މި މައްސަލައަށް ދާއިމީ ހައްލެއް ލިބި، ކުރީގެ އުސޫލުން 10 ކިލޯގެ ގޭސްފުޅި ބާޒާރަށް ދޫކުރަން ފަށާނެކަމަށްވެސް އެސްޓީއޯއިން މައުލޫމާތުދެއެވެ. 


ދުނިޔޭގެ ބާޒާރަށް ދިމާވި މި ދަތިތަކާ ގުޅިގެން، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ކަމަށްވާ މޯލްޑިވް ގޭސް އިން މިހާރު ވަގުތީ ހައްލެއްގެ ގޮތުން 10 ކިލޯގެ ގޭސްފުޅީގެ ބަދަލުގައި ފޯރުކޮށްދެމުންދަނީ ހަތް ކިލޯގެ ގޭސްފުޅިއެވެ. މި ފުޅިތައް ކަސްޓަމަރުންނަށް ލިބެމުންދާނީ ހާއްސަ ޑިސްކައުންޓް ރޭޓުތަކެއްގައެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement