ރިޔާސީ އިންތިޚާބާއި، ރައްޔިތުން މަޖިލީހުގެ އިންތިޚާބު އެއްކޮށްލަން މަޖިލީހުން ފާސްކޮށްފި
ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބާއްވަން ޤާނޫނުއަސާސީ އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި ދެ އިންތިޚާބު އެއްކޮށްލުމަށް ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާޙު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 72 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ.
މި އިސްލާޙު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އައްޑޫ މީދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުއްރަޙްމާނެވެ. ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށްޓަކައި ޤާނޫނުއަސާސީއަށް ގެނައުމަށް ނިންމާފައިވާ އިސްލާޙު ދާއިމީ ކުރުމަށްޓަކައި، ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓު އަންނަ އޭޕްރީލް މަހުބޭއްވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މިކަމާ ގުޅޭގޮތުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ޤާނޫނުއަސާސީއަށް ގެނައި މި ބަދަލު ދާއިމީވާނީ، ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. މިއީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި، އިންތިޚާބުތައް ތަރުތީބުކުރުމަށް ގެނެވޭ މުހިންމު ބަދަލެކެވެ.
ރިއެކްޝަންސް