ހެންވޭރު އުތުރު ދާއިރާގެ"ދޮރުން ދޮރަށް" ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

ހެންވޭރު އުތުރު ދާއިރާގެ"ދޮރުން ދޮރަށް" ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

3 days ago - 20:49

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕޭނަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކުރިއަށްގެންދާ "ދޮރުން ދޮރަށް" ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައިވެރިވެވަޑައިގެންފިއެވެ.


މިއަދު މެންދުރުފަހު މާލޭގެ ހެންވޭރު އުތުރު ދާއިރާގައި ކުރިއަށްދިޔަ މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ދާއިރާގެ ގިނަ ގެތަކަކަށް ޒިޔާރަތްކުރައްވައި، ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. މި ޒިޔާރަތްތަކުގައި ރައްޔިތުންގެ ހާލުއަހުވާލު އޮޅުންފިލުއްވައި، ރައްޔިތުން ހުރި ކަންބޮޑުވުންތައް އެމަނިކުފާނު ވަނީ އޮޅުންފިލުއްވާފައެވެ.

މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލް އާއި، މާލޭގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުނާން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެ ދާއިރާގެ އެކި ގޮނޑިތަކަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންނާއި، ދައުލަތުގެ ވަޒީރުންގެ އިތުރުން ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.


މި ހަރަކާތަކީ ކުރިއަށް އޮތް އިންތިޚާބުތަކަށް ތައްޔާރުވުމުގެ ގޮތުން، ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ސަރުކާރުގެ ސިޔާސަތުތައް ހާމަކުރުމަށް ޕީއެންސީން ރާވައިގެން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ބައެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow