ގުރައިދޫ ކައުންސިލްގެ ރައީސްކަން އިންތިޚާބަކާ ނުލާ ކަށަވަރުވެއްޖެ، ޕީއެންސީއަށް ޖުމްލަ 70 ގޮނޑި!

ގުރައިދޫ ކައުންސިލްގެ ރައީސްކަން އިންތިޚާބަކާ ނުލާ ކަށަވަރުވެއްޖެ، ޕީއެންސީއަށް ޖުމްލަ 70 ގޮނޑި!

18 hours ago - 09:55
Feb 20, 2026 - 09:57

ކ. ގުރައިދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ފަރާތުން ކުރިމަތިލެއްވި ކެންޑިޑޭޓް އިންތިޚާބަކާ ނުލާ އެ ގޮނޑި ކަށަވަރުވެއްޖެއެވެ.


އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރި ގޮތުގައި، އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، ގުރައިދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ޝަރުޠު ހަމަވެފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށް ކަމަށްވާތީ، ޕީއެންސީގެ ކެންޑިޑޭޓް ވަނީ އިންތިޚާބުވެފައެވެ.


ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ ދަށުން މި މަޤާމަށް އިންތިޚާބުވެފައިވަނީ ކ. ގުރައިދޫ، އޯޝަންރީޑް، އިބްރާހީމް ޝަލީޒްއެވެ. ޝަލީޒްއަކީ މިހާރުވެސް ގުރައިދޫ ކައުންސިލްގެ ނާއިބު ރައީސްގެ މަޤާމު ފުރަައްވަމުން ގެންދަވާ ބޭފުޅެކެވެ.


މި މަޤާމަށް އަމިއްލަ ގޮތުން ވާދަކުރުމަށްވެސް ކެންޑިޑޭޓަކު ފޯމު ހުށަހެޅިއެވެ. ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން އޭނާގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމުމާ ގުޅިގެން، އެ މައްސަލަ ސުޕްރީމް ކޯޓަށްވެސް ހުށަހެޅިއެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިނުގަތުމަށް ނިންމުމާއެކު، ކޮމިޝަނުން ވަނީ ޝަލީޒް އިންތިޚާބުވިކަން ރަސްމީކޮށް އިޢުލާންކޮށްފައެވެ.


ގުރައިދޫ ކައުންސިލްގެ މި ގޮނޑި ކަށަވަރުވުމާއެކު، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ ކުރިން ޕީއެންސީއަށް މިހާތަނަށް ވަނީ ޖުމްލަ 70 ގޮނޑި ކަށަވަރުވެފައެވެ.                  

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow