ފޯރިއާއެކު ކުރިއަށްދާ ޕީއެންސީގެ "ދޮރުން ދޮރަށް" ހަރަކާތްތަކަށް ރޯދަމަހުވެސް ބޮޑު ތަރުޙީބެއް!

ފޯރިއާއެކު ކުރިއަށްދާ ޕީއެންސީގެ "ދޮރުން ދޮރަށް" ހަރަކާތްތަކަށް ރޯދަމަހުވެސް ބޮޑު ތަރުޙީބެއް!

9 hours ago - 19:07

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 'ދޮރުން ދޮރަށް' ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ފައްޓަވައިފިއެވެ.


ރައީސް މި ހަރަކާތް ފެއްޓެވީ މާފަންނު ހުޅަނގު ދާއިރާގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމުގެ ގޮތުން އެ ދާއިރާގެ ގޭގެއަށް ޒިޔާރަތްކުރައްވަމުންނެވެ. މި ހަރަކާތުގެ މަގްސަދަކީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެއްބާރުލުންދޭނެ ބައެއްކަން ރައްޔިތުންނަށް ހާމަކޮށްދިނުމާއި، ރައްޔިތުންގެ ޝުއޫރުތައް ގާތުން ބެއްލެވުމެވެ.

މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދައުލަތުގެ ވަޒީރުންނާއި، ޕީއެންސީގެ އިސްވެރިންގެ އިތުރުން މާލޭގެ އެކި ދާއިރާތަކަށް އެ ޕާޓީގެ ފަރާތުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ޒިޔާރަތްތަކުގައި ރައީސް ވަނީ އާންމު ރައްޔިތުންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައި، ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.


މީގެއިތުރުން، ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމުގެ މަގާމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލް ވެސް ވަނީ ރައީސް މުއިއްޒާއެކު މި ހަރަކާތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. މޭޔަރު ކެންޑިޑޭޓާއި ކައުންސިލަރުންނާ އެކު ރައީސް ކުރެއްވި މި ޒިޔާރަތަކީ ކެމްޕޭނަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ޕާޓީން ސިފަކުރެއެވެ.

ސަރުކާރު ހިންގާ ޕާޓީން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ބޮޑު އަގުލަބިއްޔަތެއް ހޯދުމަށެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow