ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތަކެއް ކަށަވަރުކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނެ: ރައީސް

ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތަކެއް ކަށަވަރުކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނެ: ރައީސް

12 hours ago - 15:35
Advertisement
Advertisement

ދުނިޔޭގެ އިޖުތިމާއީ އަދުލުވެރިކަމުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތަކާއި، އިންސާނީ ކަރާމާތް އަދި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ މައިގަނޑު އަމާޒެއް ކަމަށް ވިދާޅުވެއްޖެއެވެ.


ބައިނަލްއަގުވާމީ މުޖުތަމައާ އެކު ދިވެހިރާއްޖެއިން މި ދުވަސް ފާހަގަކުރަމުންދާއިރު، ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި އިޖުތިމާއީ އަދުލުވެރިކަމުގެ މުހިންމުކަން ރާއްޖެއަށް އޮތް މިންވަރާ މެދު ފުންކޮށް ވިސްނާލަންޖެހެއެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިތުރަށް ވިދާޅުވީ، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ވަރުގަދަކުރުމާއި، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތާއި، އިތުބާރު ހުރި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތުތަކެއް ކަމަށެވެ. މީގެ އިތުރުން، އަތްފޯރާ ފަށުގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައާއި، ޖިންސީ ހަމަހަމަކަން ގާއިމުކުރުމަށް ކުރާ މަސައްކަތުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. 

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement