
ޙާފިޒުންނަށް ދޭ އެލަވަންސް އަންނަ މަހުން ފެށިގެން ދެގުނަ ބޮޑުކުރަން ނިންމައިފި
ޙާފިޒުންނަށް ދޭ އެލަވަންސް އަންނަ މަހުން ފެށިގެން ދެގުނަ ބޮޑުކުރަން ނިންމައިފިއެވެ. މިކަން އިއުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންނެވި ފަދައިން ޙާފިޒުންނަށް ދޭ އެލަވަންސް 1 ޖުލައި 2025 އިން ފެށިގެން ދެ ގުނަ އަށް ބޮޑު ކުރުމަށް މި ހަފްތާގައި އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމަވާފައިވާ ކަމަށެވެ.
"ޙާފިޒުން ތަމްރީނު ކުރުމާއި ޙާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަކީ ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގައި ނުހަނު މުހިއްމު ކަމެއް." ރައީސް ވިދާޅުވިއެވެ.
ހާފިޒުން އިތުރި ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މިސަރުކާރުން ވަނީ ޕްރޮގްރާމެއްވެސް ފަށާފައެވެ. އެޕްރޮގްރާމް ގެންދަނީ އަތޮޅުތަކަށް ފުޅާކުރަމުންނެވެ.
ރިއެކްޝަންސް






